ޚަޟިރުގެ ފާނަކީ ޞާލިހު ބޭކަލެއް ހެއްޔެވެ. ނުވަތަ ނަބީ ބޭކަލެއް ހެއްޔެވެ؟
ޖަވާބު: ތި މަސްއަލައިގައި ރަނގަޅު ގޮތަކީ: އެކަލޭގެފާނަކީ ނަބީ ބޭކަލެއްކަމެވެ. އެއީ ޤުރުއާނުގައި މޫސާގެފާނާއި އެކަލޭގެފާނާ ދެމެދު ހިނގާފައިވާ ވާހަކަ ޛިކުރުކުރެވިފައިވުމުންނެވެ. އެހެނީ އެވާހަކައިގައި ވަނީ ހަމަކަށަވަރުން އެކަލޭގެފާނު މިސްކީނުންތަކެއް މަސައްކަތްކުރުމަށް ގެންގުޅުން ކަނޑުމަތީ އުޅަދެއް ފައްތަވާލެއްވިކަމެވެ. އަދި ޖަރީމާއެއްކަށްފައި ނުވާ ކުޑަކުއްޖެއް ޤަތުލުކުރެއްވިކަމެވެ
އަދި އެ ރަށެއްގެ އަހުލުވެރިން އެދެބޭކަލުންނަށް މެހެމާނުދާރީ އަދާކުރަން އިންކާރުކުރުމުންވެސް އެމީހުންގެ ފަރާތުން އެއްވެސް އުޖޫރައަކާ ނުލާ، އެރަށުގެ ދެޔަތީމުކުދިންގެ ފާރެއް ކޮޅަށް ނަގާދެއްވިކަމެވެ. މޫސާގެފާނު ކޮންމެ ފަހަރަކުމެ އެކަލޭގެފާނު ކުރެއްވި ކަންތައްތަކަށް އިންކާރުކުރެއްވިއެވެ. ފަހެ އެންމެ ފަހުން އެކަލޭގެފާނު(ޚަޟިރުގެފާނު) އެކަމުގެ ސަބަބު ބަޔާންކޮށްދެއްވިއެވެ. ދެންފަހު އެވާހަކަ ނިމިފައިވަނީ އެކަލޭގެފާނު ކުރެއްވި އެންމެހާ ކަންތައް ކުރެއްވީ ﷲ ތަޢާލާގެ ވަޙީ އެފަދައިން ލިބުމުންކަމަށެވެ. އެފަދައިން ﷲ ތަޢާލާވަނީ ޚަބަރުކުރެއްވާފައެވެ. އެއިލާހު ވަޙީކުރެއްވިއެވެ.
﴿…وَمَا فَعَلْتُهُ عَنْ أَمْرِي ۚ ذَٰلِكَ تَأْوِيلُ مَا لَمْ تَسْطِع عَّلَيْهِ صَبْرًا ﴾ [سورة الكهف ٨٢ ]
މާނައީ: “…އަދި ތިމަންކަލޭގެފާނު އެކަންތައްކުރެއްވީ، ތިމަންކަލޭގެފާނުގެ އަމިއްލަ رأى އަކަށް ނޫނެވެ. މިއީ ކަލޭގެފާނަށް އެކަންކަމުގެ މައްޗަށް ކެތްކުރެއްވުމަށް ކުޅަދާނަވެވަޑައިނުގެންނެވުނު ކަންތަކުގެ تفسير އެވެ.”
ސުޢޫދީ ޢަރަބިއްޔާގެ ޢިލްމީ ދިރާސާކުރައްވާ އަދި ފަތުވާދޭ ދާއިމީ ކޮމިޓީ
عبد العزيز بن عبد الله بن باز
عبد الرزاق عفيفي
عبد الله بن غديان
عبد الله بن قعود
0 comments:
Post a Comment