މުއުމިނުންގެ އެންމެ ބޮޑު އެދުމަކީ ސުވަރުގޭގެ މަތިވެރި ނިޢުމަތްތައް ޙާޞިލުކުރުމެވެ. ސުވަރުގެއަކީ ދުނިޔޭގެ ދިރިއުޅުން ރަނގަޅުގޮތުގައި ވޭތިކުރާ މީހުންނަށް ލިބޭ ބޮޑު އިނާމެކެވެ. ސުވަރުގޭގެ މިމަތިވެރި ނިޢުމަތްތަކަކީ އިންސާނެއްގެ ޚިޔާލަށް ވެސް ނުގެނެވޭނެ ފަދަ މަތިވެރި ނިޢުމަތްތަކެކެވެ.
ޤުދުސީ ޙަދީޘެއްގައި ރަސޫލުﷲ ޞައްލަﷲ ޢަލައިޙި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. "މާތްﷲ ވަޙީ ކުރެއްވިއެވެ. ޞާލިޙު އަޅުތަކުންނަށްޓަކައި، އެއްވެސް ލޮލަކަށް ފެނިފައިނުވާ، އެއްވެސް ކަންފަތަކުން އަޑުއަހާފައިނުވާ އަދި އެއްވެސް އިންސާނެއްގެ ހިތަށްވެސް އަރާފައިނުވާހާ ފުރިހަމަ ސުވަރުގެއެއް ތައްޔާރު ކުރެއްވީމެވެ." (رواه البخاري ومسلم) ނަމަވެސް ސުވަރުގެއަށް ދިއުމުގެ މަގަކީ ތަކުލީފުތަކާއި އުނދަގޫތަކުން ފުރިފައިވާ މަގެކެވެ.
މުންކަރާތްތަކުންނާއި ފާޙިޝްޢަމަލުތަކުންނާއި، ޝަހުވާނީ އެދުންތަކުންނާއި ޝައިޠާނީ ވަސްވާސްތަކުން ވަށާލެވިފައިވާ މަގެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިޙި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. "حفت الجنه بالمكاره وحفت النار بالشهوات" (رواه مسلم) މާނައީ: ސުވަރުގެ ވަށާލެވިފައިވަނީ ކުރުމަށް ހިތް ނޭދޭ ކަންތައްތަކުންނެވެ. އަދި ނަރަކަ ވަށާލެވިފައިވަނީ ޝަހުވަތްތަކުންނެވެ."
ސުވަރުގެއަށް ދިއުމުގެ މަގަކީ ތިމާގެ ޝަހުވަތްތަކާއި އަމިއްލަ ނަފުސުގެ އެދުންތަކުން ސަލާމަތްވެގެން މެނުވީ ޙާޞިލް ކުރެވޭނެ މަގެއް ނޫނެވެ. އަދި ސުވަރުގެއަކީ ޝައިޠާނީ ދަންތޫރަކުންނާއި ދުނިޔޭގެ ހެއްލުންތެރިކަމުން ރައްކާތެރިވެގެން ނޫނީ ލިބިގަނެވޭނެ ތަނެއް ނޫނެވެ. އެހެންކަމުން ސުވަރުގެ ލިބިގަތުމަށްޓަކައި މިފަދަ ހުރަސްތައް ގިރާކޮށް، އަމިއްލަ ނަފުސާއި ދެކޮޅަށް ޖިހާދުކުރަންޖެހެއެވެ. ތިމާގެ ނަފުސާއި މުދަލުން ޤުރުބާނީތަކެއް ވާންޖެހޭނެއެވެ. މާތްﷲ އާއި އެކަލާނގެ ރަސޫލާ އަންގަވާފައިވާގޮތަށް ތިމާގެ ނަފުސް ތަރުބިއްޔަތު ކުރަންޖެހެއެވެ. ތިމާގެ އުޅުމާއިސުލޫކު އިސްލާމްދީނާއި އެއްގޮތަށް ބައްޓަން ކުރަންޖެހެއެވެ.
ހެޔޮ ޢަމަލު ކުރުމުގައި ހީވާގިވާންޖެހެއެވެ. މާތްﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން މަސްޢޫދުގެ އަރިހުން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އެއްފަހަރަކު ރަސޫލުﷲ ޞައްލަﷲ ޢަލައިޙި ވަސައްލަމަ ތިމަންނަމެންނަށް ސީދާކޮށް ރޮގެއް ކުރައްސަވާދެއްވިއެވެ. ދެން ޙަދީޘް ކުރެއްވިއެވެ. "މިއީ ﷲގެ މަގެވެ. ދެން އެސީދާރޮގުގެ ދެފަރާތުގައި ރޮގުތަކެއް ކުރެއްސެވިއެވެ. ދެން ޙަދީޘް ކުރެއްވިއެވެ. މިއީ މަގުތަކެކެވެ.
އެއިން ކޮންމެ މަގެއްގައި ޝައިޠާނަކުވެއެވެ. އަދި އެމަގަށް މީސްތަކުން ދިއުމަށް ޝައިޠާނާ ގޮވައެވެ. ދެން ރަސޫލުﷲ ޞައްލަﷲ ޢަލައިޙި ވަސައްލަމަ ކީރިތި ޤުރުއާނުގެ މިއާޔަތްތައް ތިލާވަތު ކުރެއްވިއެވެ. " وَأَنَّ هَـٰذَا صِرَاطِي مُسْتَقِيمًا فَاتَّبِعُوهُ ۖ وَلَا تَتَّبِعُوا السُّبُلَ فَتَفَرَّقَ بِكُمْ عَن سَبِيلِهِ ۚ ذَٰلِكُمْ وَصَّاكُم بِهِ لَعَلَّكُمْ تَتَّقُونَ ﴿١٥٣﴾ (سورة الأنعام) "އަދި މިއީ ތިމަންރަސްކަލާނގެ ސީދާވެގެންވާ ތެދުމަގެވެ. ފަހެ، އެ މަގަށް ތިޔަބައިމީހުން تبع ވާށެވެ! (އެނޫން) މަގުމަގަށް ތިޔަބައިމީހުން تبع ނުވާށެވެ! (އޭރުން) އެކަލާނގެ މަގުން ތިޔަބައިމީހުން ވަކިވަކިވެގެން ހިނގައިދާނެތެވެ. މިކަންތައްތަކަށް، ތިޔަބައިމީހުންނަށް އެކަލާނގެ وصية ކުރެއްވީ، ތިޔަބައިމީހުން تقوى ވެރިވުމަށްޓަކައެވެ." (رواه أحمد).
މިއަދު އިންސާނާ ވަށާލެވިފައިވަނީ ސީދާ މަގުން ކަސިޔާރު ކުރުމުގެ ވަސީލަތްތަކެވެ. ކޮންމެ ދިމާއަކުން ވެސް ފެންނަނީ މުންކަރާތްތަކަށް ގޮވާލެވޭ ފަދަ ޢަމަލުތަކެކެވެ. އަދި އިންސާނާގެ ދާއިމީ ދުޝްމަންކަމުގައިވާ ޝައިޠާނާގެ މަސައްކަތަކީ ވެސް އިންސާނުންނަށް ސީދާ މަގު އޮޅުވާލައި ފާޙިޝް ކަންތަކާ ދިމާއަށް ގެންދިއުމެވެ. މާތް ﷲ ޙަރާމު ކުރައްވާފައިވާ ކަންތައްތަކުގައި ޒީނަތްތެރިކަމުގެ ކުލަ ޖައްސައި، އެކަންކަމަށް ދަޢުވަތު ދިނުމެވެ. އެހެންކަމުން ސުވަރުގެއަށް ދެވޭނީ ޝައިޠާނީ ދަންތޫރަތަކުންނާއި ދުނިޔޭގެ ދަޅަތަކުން ސަލާމަތްވެގެންނެވެ.
މިއަދު އިންސާނާ ވަށާލެވިފައިވަނީ ސީދާ މަގުން ކަސިޔާރު ކުރުމުގެ ވަސީލަތްތަކެވެ. ކޮންމެ ދިމާއަކުން ވެސް ފެންނަނީ މުންކަރާތްތަކަށް ގޮވާލެވޭ ފަދަ ޢަމަލުތަކެކެވެ. އަދި އިންސާނާގެ ދާއިމީ ދުޝްމަންކަމުގައިވާ ޝައިޠާނާގެ މަސައްކަތަކީ ވެސް އިންސާނުންނަށް ސީދާ މަގު އޮޅުވާލައި ފާޙިޝް ކަންތަކާ ދިމާއަށް ގެންދިއުމެވެ. މާތް ﷲ ޙަރާމު ކުރައްވާފައިވާ ކަންތައްތަކުގައި ޒީނަތްތެރިކަމުގެ ކުލަ ޖައްސައި، އެކަންކަމަށް ދަޢުވަތު ދިނުމެވެ. އެހެންކަމުން ސުވަރުގެއަށް ދެވޭނީ ޝައިޠާނީ ދަންތޫރަތަކުންނާއި ދުނިޔޭގެ ދަޅަތަކުން ސަލާމަތްވެގެންނެވެ.
މިދުނިޔެއަކީ ހެއްލުންތެރި ދުނިޔެއެކެވެ. މިދުނިޔޭގެ ކުލަވަރުތަކަކީ އަވާ މެންދުރެކެވެ. މިދުނިޔޭގެ ލައްޒަތާއި އުފަލާއިއަރާމަކީ ވަޤުތީ އެއްޗެކެވެ. އިންސާނާ ހަލާކާއި އަބާއްޖަވެރި ކަމުގެ ތެރެއަށް ގެންދަނީ ދުނިޔޭގެ ދަހިވެތިކަމެވެ. ދުނިޔޭގެ އެދުންވެރިކަމާއި މުދަލުގެ ދަހިވެތިކަމެވެ. ޙަޤީގަތުގައި ދުނިޔެއަކީ ސުވަރުގެ ނުވަތަ ނަރަކައިގެ މަގަށްދާން އޮތް މަގަތު ފާލަމެވެ. ލުޤުމާނުގެފާނު އެކަލޭގެފާނުގެ ދަރިކަލުންނަށް ނަޞޭހަތްތެރިވެ ވަޑައިގަންނަވަމުން ވިދާޅުވިއެވެ. "ދަރިފުޅާއެވެ! ދުނިޔެއަކީ ފުންމިން ނޭނގޭ ކަނޑެކެވެ.
ވަރަށް ގިނަބަޔަކު ވަނީ އެކަނޑުގައި ހަލާކުވެގޮސްފައެވެ. ތިބާ ސަލާމަތްކަން އެދޭނަމަ، މާތްﷲއަށް އީމާންވުން ތިބާގެ ދަތުރުގެ ނައުކަމަށް ހަދާށެވެ. އަދި މާތްﷲއަށް ވަކީލުކުރުން ދަތުރުގެ ތައްޔާރީކަމަށް ހަދާށެވެ. އަދި މާތްﷲއަށް ތަޤުވާވެރިވުން ދަތުރުގެ ކޮއްތުކަމަށް ހަދާށެވެ. ތިބާ، އެބިޔަ ކަނޑުން ސަލާމަތްވެއްޖެ ނަމަ އެއީ ﷲގެ ރަޙުމަތެވެ. އަދި ތިބާ އޭގައި ޣަރަގުވެ، ހަލާކުވެ ހިގައްޖެނަމަ، އެކަންއެވީ ތިބާގެ ފާފައިގެ ސަބަބުންނެވެ."
0 comments:
Post a Comment