ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
إِنَّ إِبْرَاهِيمَ كَانَ أُمَّةً قَانِتًا لِلَّهِ حَنِيفًا وَلَمْ يَكُ مِنَ الْمُشْرِكِينَ -النحل: 120- މާނައީ: "ހަމަކަށަވަރުން އިބްރާހީމްގެ ފާނަކީ (މީސްތަކުންނަށްވާ) އިމާމެކެވެ. ނަމޫނާއެކެވެ. ﷲ އަށް ކިޔަމަންތެރި ބޭކަލެކެވެ. ބާޠިލްއެންމެހާ އިލާހުންތައް ދޫކޮށް ހަމައެކަނި ﷲ އަށް އަޅުކަންކުރެއްވި ބޭކަލެކެވެ. އަދި އެކަލޭގެފާނު މުޝްރިކުންގެ ތެރެއިންވެވަޑައިނުގަންނަވައެވެ."

އަދިވެސް ﷲ ވަޙީ ކުރައްވާފައިވެއެވެ.
މާނައީ: "އަދި އެބައިމީހުންނަކީ (މުއުމިނުންނަކީ) އެބައިމީހުންގެ ވެރިރަސްކަލާނގެއާ ޝަރީކުނުކުރާ މީހުންނެވެ." ޙުޞައިން ޢަބްދުއްރަޙްމާން ރަޙިމަހުﷲ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. އަހުރެން އެއްދުވަހަކު ސަޢީދު ބިން ޖުބައިރު ރަޙިމަހުﷲ ގެ އަރިހުގައި ވަނިކޮށް އެކަލޭގެފާނު ވިދާޅުވިއެވެ. ކަލޭމެންކުރެ ރޭގައި ވެއްޓުނު ތަރި ދެކުނީ ކާކުހެއްޔެވެ؟ އަހުރެން ދެންނެވީމެވެ. އަހުރެންނެވެ. އަދި ދެންނެވީމެވެ. އަހުރެން އެވަގުތު ހުރީ ނަމާދު ކުރާކަށްވެސް ނޫނެވެ. އަދި ކިއެއްތަ! ކޮންމެ ވެސް އެއްޗެއް އަހުރެންގެ ގައިގައި ކަށިޖެހުމުން އެވަގުތު ހޭލައި ހުރެވުނީއެވެ. ދެން ސަޢީދު ބިން ޖުބައިރު ރަޙިމަހުﷲ ވިދާޅުވިއެވެ.
ކަށިޖެހުމުން ތިބާ ކަންތައްކުރީ ކިހިނެއްތޯއެވެ؟ އަހުރެން ދެންނެވީމެވެ. އެތާނގައި އަހުރެން މެތުރީއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ތިބާ އެކަންކުރަން ޖެހުނީ ކޮންސަބަބަކާ ހުރެތޯއެވެ؟ އަހުރެން ދެންނެވީމެވެ. އެއީ އިމާމު ޝަޢްބީ ރަޙިމަހުﷲ އަހުރެމެންނަށް ބަޔާންކޮށްދެއްވި ޙަދީޘްފުޅެއްގެ ސަބަބުންނެވެ. ސަޢީދު ބިން ޖުބައިރު ރަޙިމަހުﷲ ވިދާޅުވިއެވެ. އިމާމު ޝަޢްބީ ރަޙިމަހުﷲ ތިބާއަށް ބަޔާން ކޮށްދެއްވީ ކޮން ޙަދީޘްފުޅެއްތޯއެވެ؟ އަހުރެން ދެންނެވީމެވެ. އެކަލޭގެފާނު މާތްﷲ ރުއްސުންލެއްވި ބުރައިދާ ބިން ޙުސައިން ގެ ކިބައިން އަހުރެމެންނަށް ބަޔާންކޮށްދެއްވި ޙަދީޘްފުޅަކީ "لاَ رُقُيَةَ إِلا مِنْ عَيْنٍ أَوْ حُمَةٍ" މާނައީ: "އެސްފީނާޖެހިގެން ނުވަތަ ވިހަގަދަ ސޫތްޕެއް ކަށިޖެހުމުން މެނުވީ މެތުރުމެއް ނުވެއެވެ."
އިމާމު ޝަޢްބީ ރަޙިމަހުﷲ ވިދާޅުވިއެވެ. އެމީހަކު އަޑުއެހި ޙަދީޘްފުޅަކަށް ޢަމަލުކުރި މީހަކު އެކަންތައްކުރީ ރަނގަޅަށެވެ. އެކަމަކު އަހުރެމެންނަށް މާތްﷲ ރުއްސުންލެއްވި އިބްނު ޢައްބާސް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ބަޔާންކޮށްދެއްވި ހަދީޘްފުޅުގައި ވަނީ މިފަދައިންނެވެ. އެކަލޭގެފާނު ޙަދީޘްފުޅުކުރެއްވިއެވެ.
"عُرِضَتْ عَلَيَّ الأُمَمُ، فَرَأَيْتُ النَبِيَّ وَمَعَهُ الرَّهْطُ، والنَّبِيَّ وَمَعَهُ الرَّجُلُ وَالرَّجُلانِ، وَالنَّبِيَّ وَلَيْسَ مَعَهُ أَحَدٌ، إِذْ رُفِعَ لِي سَوَادٌ عَظِيمٌ، فَظَنَنْتُ أَنَّهُمْ أُمَّتِي، فَقِيْلَ لِي: هَذَا مُوسَى وَقَومُهُ، فَنَظَرْتُ فَإِذَا سَوَادٌ عَظِيْمٌ، فَقِيْلَ لِي: هَذِهِ أُمَّتُكَ، وَمَعَهُمْ سَبْعُونَ أَلفًا يَدْخُلُونَ الجَنَّةَ بِغَيْرِ حِسَابٍ وَلاَ عَذَابٍ". ثُمَّ نَهَضَ فَدَخَلَ مَنْزِلَهُ، فَخَاضَ النَّاسُ فِي أُولئِكَ، فَقَالَ بَعْضُهُم: فَلَعَلَّهُمُ الَّذِينَ صَحِبُوا رَسُولَ اللهِ صلّى الله عليه وسلّم ، وَقَالَ بَعْضُهُمْ: فَلَعَلَّهُمُ الَّذِينَ وُلِدُوا ِفي الإِسْلامِ فَلَمْ يُشْرِكُوا بِاللهِ شَيْئاً... وَذَكَرُوا أَشْيَاءَ، فَخَرَجَ عَلَيْهِم رَسُولُ اللهِ صلّى الله عليه وسلّم فَأَخْبَرُوهُ، فَقَالَ: "هُمُ الَّذِينَ لاَ يَسْتَرْقُونَ، وَلاَ يَكْتَوُونَ، وَلاَ يَتَطَيَّرُونَ، وَعَلى رَبِّهِمْ يَتَوكَّلُونَ". فَقَامَ عُكَّاشَةُ بْنُ مِحْصَنٍ فَقَالَ: ادْعُ اللهَ أَنْ يَجْعَلَنِي مِنْهُم. فَقَالَ: "أَنْتَ مِنْهُم". ثُمَّ قَامَ رَجُلٌ آخَرُ، فَقَالَ: ادْعُ اللهَ أَنْ يَجْعَلَنِي مِنْهُم. فَقَالَ: "سَبَقَكَ بِهَا عُكَّاشَةُ" (رواه البخاري مُخْتَصَرًا وَمُطَوَّلاً وَمُسْلِمٌ وَاللَّفْظُ لَهُ وَالتّرمذي والنّسائي)
މާނައީ: "(މިޢުރާޖްގެ ރޭގައި، والله أعلم) ތިމަންކަލޭގެފާނުގެ ކުރިފުޅުމައްޗަށް އުއްމަތްތައް ހުށަހެޅުނެވެ. ފަހެ ނަބިއްޔަކު އެނަބިއްޔާއާ އެކުގައި ޖަމާޢަތެއް ވަނިކޮށާއި، އަދި ނަބިއްޔަކު އެނަބިއްޔާއާ އެކުގައި އެކަކު ދެމީހުން ވަނިކޮށާއި، އަދި ނަބިއްޔަކު އެނަބިއްޔާއާ އެކުގައި އެކަކުވެސް ނުވާހާލު ތިމަންކަލޭގެފާނު ދެކެވަޑައިގެންނެވީމެވެ. ހަމައެހިނދު ތިމަންކަލޭގެފާނުގެ ކުރިފުޅުމައްޗަށް ބޮޑު ޖަމާޢަތެއް އުފުލާލެވުނެވެ. ފަހެ އެއީ ތިމަންކަލޭގެފާނުގެ އުއްމަތްކަމުގައި ހީފުޅުކުރެއްވީމެވެ. ދެން ތިމަންކަލޭގެފާނަށް، ބުނެވުނެވެ. މިއީ މޫސާގެ ފާނާއި އެކަލޭގެފާނުގެ ޤައުމުގެ މީސްތަކުންނެވެ. ދެންހަމަ އެހިނދު ތިމަންކަލޭގެފާނަށް ފެނިވަޑައިގަތީ ހަމައެހާމެ ބޮޑު ޖަމާޢަތެކެވެ. ފަހެ، ތިމަންކަލޭގެފާނަށް، ބުނެވުނެވެ. މިއީ ކަލޭގެފާނުގެ އުއްމަތެވެ.

އަދި އެބައިމީހުންގެ ތެރޭގައި އެއްވެސް ހިސާބަކާއި ޢަޛާބަކާ ނުލައި ސުވަރުގެ ވަންނާނޭ ހަތްދިހަ ހާސް މީހުންވެއެވެ." ދެން މިފަދައިން ޙަދީޘްފުޅު ކުރައްވާފައި އެކަލޭގެފާނު ތެދުވެވަޑައިގެން ގެކޮޅަށް ވެދެވަޑައިގެންނެވިއެވެ. ދެން މީސްތަކުން އެބައިމީހުންނާ މެދު ބަޙުޘް ކުރަން ފެއްޓިއެވެ. ބައެއް މީހުން ބުނެފިއެވެ. އެބައިމީހުންނަކީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާ އެކުގައި އުޅުއްވި މީހުންކަމުގައި އުއްމީދު ކުރެވެއެވެ. އަދި ބައެއް މީހުން ބުނެފިއެވެ. އެބައިމީހުންނަކީ އިސްލާމް ދީނުގައި އުފަންވެ، اﷲ އާ އެއްވެސް ބާވަތެއްގެ ޝިރުކެއް ނުކުރާ މީހުން ކަމުގައި އުއްމީދު ކުރެވެއެވެ. މިގޮތަށް އެކިބޭކަލުން އެކި ޚިޔާލުތައް ފާޅުކުރަމުން ދަނިކޮށް އެބައިމީހުންގެ ގާތަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަޑައިގެންފިއެވެ. ދެން އަޞްޙާބުބޭކަލުން އެކަމުގެ ޚަބަރު ދެއްވުމުން ޙަދީޘްފުޅު ކުރެއްވިއެވެ. "އެބައިމީހުންނަކީ މީސްތަކުންގެ ކިބައިން މަތުރައި ދިނުމަށް ނޭދޭ އަދި (ފަރުވާއަށްޓަކައި) ގައިވެސް ނާންދާ އަދި ދޫނި އުދުއްސައިގެން ފާލުވެސް ނުބަލާ، އަދި ހަމައެކަނި އެބައިމީހުންގެ ވެރި ރަސްކަލާނގެއަށް ވަކީލުކުރާ މީހުންނެވެ."
ދެން އެހިނދު މާތްﷲ ރުއްސުންލެއްވި ޢުއްކާޝާ ބިން މިޙްޞަން ތެދުވެ ވަޑައިގެން ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާއެވެ. އެބައިމީހުންގެ ތެރެއިން އަހުރެންވެސް ލެއްވުމަށް އެދި ﷲ އަށް ދުޢާކޮށްދެއްވާށެވެ! ޙަދީޘްފުޅު ކުރެއްވިއެވެ. "ތިބާ ވާހުށީ އެބައިމީހުންގެ ތެރެއިންނެވެ." ދެން އެހެން ބޭކަލަކު ތެދުވެ ވަޑައިގެން ދެންނެވިއެވެ. (އޭ ﷲ ގެ ރަސޫލާއެވެ!) އަހުރެންވެސް އެބައިމީހުންގެ ތެރެއިން ލެއްވުމަށް އެދި ދުޢާކޮށްދެއްވާށެވެ. ޙަދީޘްފުޅުކުރެއްވިއެވެ. "އެކަމުގައި (ދުޢާގައި) ޢުއްކާޝާ ތިބާ ފަހަނަޅައި ހިގައްޖެއެވެ" (މި ޙަދީޘް ރިވާކުރެއްވީ ބުޚާރީ އާއި މުސްލިމެވެ. އަދި މިއީ މުސްލިމް ގައިވާ ލަފުޒެވެ. ބުޚާރީ ގައި މުޚްތަޞަރު ކޮށް އަދި ތަފްޞީލުކޮށްވެސް މިޙަދީޘް ރިވާވެގެން ވެއެވެ. އަދި ނަސާއީ އާއި ތިރުމިޛީ ވެސް މިޙަދީޘް ރިވާކުރެއްވިއެވެ.)
މިބާބުގައި އެކުލެވޭ މަސްއަލަތައް:
މިބާބުގައި އެކުލެވޭ މަސްއަލަތައް:
1. ތައުޙީދުގައި މީސްތަކުންގެ ދަރަޖަތައް (ތަފާތު ވެގެންވާކަން) ދެނެގަތުން.
2. ތައުޙީދު ޚާލިޞް ކުރުމުގެ މާނަ ބަޔާން ވެގެންވުން.
3. އިބްރާހީމްގެފާނަކީ މުޝްރިކުންގެ ތެރެއިންވާ ބޭކަލެއް ނޫން ކަމުގައި ﷲ ތަޢާލާ އަންގަވާ އެކަމުގެ މައްޗަށް އެކަލޭގެފާނަށް ތަޢުރީފު ކުރެއްވުން.
4. ވަލީވެރި ބޭކަލުންނަށް އެބޭކަލުން ޝިރުކުން ސަލާމަތްވެގެންވާ ކަމުގެ މައްޗަށް ﷲ ތަޢާލާ ތަޢުރީފުކުރެއްވުން.
5. މެތުރުމާއި، (ފަރުވާއަށްޓަކައި) ގައި އެންދުމުން އެއްކިބާވުން ވަނީ ތައުޙީދު ޚާލިޞް ކުރުމުގެ ތެރެއިންކަން ބަޔާންވުން.
6. ޙަޤީޤަތުގައި ވަކީލުކުރުމަަކީ ބަޔާން ވެގެންއެވާ ތިންސިފަ އެކުލަވާލުމެވެ.
7. ޢަމަލުކުރުމުން މެނުވީ އެމަތިވެރި ދަރަޖަތައް ހާސިލުނުވާނެކަން ދެނެވަޑައިގަތުމުގައި އަޞްޙާބު ބޭކަލުންގެ ޢިލްމުގެ ފުންކަން.
8. ހެޔޮކަންތަކުގެ މައްޗަށް އެބޭކަލުން ދަހިވެތިވެވަޑައިގެންފައިވުން
9. ކައިފިއްޔަތާއި މިޤްދާރުގެ ގޮތުން މިއުއްމަތުގެ މާތްކަން.
10. މޫސާގެފާނުގެ އަޞްޙާބު ބޭކަލުންގެ މާތްކަން.
11. ސަލާމާއި ޞަލަވާތް ލެއްވި ނަބިއްޔާގެ ކުރިފުޅު މައްޗަށް އުއްމަތްތައް ހުށަހެޅުން.
12. ހަމަކަށަވަރުން ކޮންމެ އުއްމަތެއްވެސް މަޙްޝަރު ކުރެވޭނީ އެއުއްމަތެއްގެ ނަބިއްޔަކާއި އެކުގައި ވަކިވަކިންނެވެ.
13. ނަބީ ބޭކަލުންނަށް އިޖާބަދިން މީސްކޮޅުންގެ މަދުކަން.
14. ހަމަކަށަވަރުން އެނަބީބޭކަލަކަށް އެއްވެސް މީހަކު އިޖާބަނުދިން ނަބީބޭކަލަކު ނަމަ ޤިޔާމަތް ދުވަހުގައި މަޙްޝަރުގެ މައިދާނަށް ވަޑައިގަންނަވާހުށީ ގިނިކަންޏާކަން ބަޔާންވުން.
15. މިޢިލްމުގެ ފައިދާއަކީ އަފުރާދުން ގިނަވުމުގެ ސަބަބުން ކެހިވެރި މަޅީގައި ނުޖެހުމާއި، އަފުރާދުން މަދުވުމުގެ ސަބަބުން ޒާހިދު ނުވުމެވެ.
16. އެސްފީނާ ޖެހިގެންނާއި، ވިހަގަދަ ސޫތްޕެއް ކަށިޖެހުމުން މެތުރުން ހުއްދަވެގެންވުން.
17. ސަޢީދު ބުނު ޖުބައިރު ރަޙިމަހުﷲ "قَدْ أَحْسَنَ مَنِ انْتَهَى إِلَى مَا سَمِعَ، وَلَكِنْ كَذَا وَكَذَا"، "ހަމަކަށަވަރުން އެމީހަކު އަހައިފި ޙަދީޘްއަކަށް ޢަމަލުކޮށްފިމީހާ އެކަންތައްކުރީ ރަނގަޅަށެވެ. އެކަމަކު އަހުރެމެންނާއި ހަމައަށް ފޯރާފައިވާ ޙަދީޘްގައިވަނީ މިވެނި އެވެނި ގޮތަކަށެވެ." މިބަސްފުޅުން ސަލަފުއްޞާލިޙުންގެ ޢިލްމުގެ ފުންކަން އެނގެއެވެ. އަދި ފުރަތަމަ ޙަދީޘް ދެވަނަ ޙަދީޘާ ޚިލާފުނުވާ ކަންވެސް އެގެއެވެ.
18. އިންސާނާގެ ކިބައިގައި ނުވާ ސިފައަކުން އިންސާނާއަށް ތަޢުރީފްކުރުމަކީ ސަލަފުއްޞާލިޙުން އެކަމަކުން މުޅިން ދުރުވެ ވަޑައިގެންފައިވާކަމެއްކަން ބަޔާންވުން.
19. ޢުއްކާޝާ ބުނު މިޙްޞަން އަށް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމ"أَنْتَ مِنْهُم" "ކަލޭގެފާނު ވާހުށީ އެބައިމީހުންގެ ތެރެއިންނެވެ." މިފަދައިން ވިދާޅުވުން ވަނީ ނުބުއްވަތުގެ ޢަލާމަތްތަކުގެ ތެރެއިން ޢަލާމަތަކަށެވެ.
20. ޢުއްކާޝާ ބިން މިޙްޞަންގެ މާތްކަން.
21. އިސްވެދިޔަ ޙަދީޘުން ސާބިތުވެގެންވާ ގޮތުގައި ބައެއް ވަގުތު ޞަރީޙަކޮށް ވާހަކަ ދެއްކުމުގެ ބަދަލުގައި އިޝާރާތާއި ކިނާޔާކޮށް ވާހަކަ ދެއްކި ދާނެއެވެ.
22. ކީރިތި ރަސޫލާ ގެ ރިވެތި ޚުލްޤުފުޅު ބަޔާންވުން.
މުތަރުޖިމުގެ ބަސް
މެތުރުން ހުއްދަވެގެންވެއެވެ. އެއީ މެތުތުރުމަށް ބޭނުންކުރާ ލަފުޒު ތަކުގައި ޝިރުކުގެ ލަފުޒެެއް ނުވާނަމައެވެ. އެހެނީ ކީރިތި ރަސޫލާ އަވަހާރަފުޅު ލައްޕަވާއިރު إخلاص ، فلق ، ناس މިތިން ސޫރަތް ވިދާޅުވެ އިސްތަށިފުޅުން ފެށިގެން ފައިންޕުޅާ ހަމައަށް މަތުރުއްވާކަމަށް ބުޚާރީގައި ރިވާވެގެން އައިސްފައިވެއެވެ.
އަދި އެކަލޭގެފާނަށް ތަކުލީފެއް ޖެހިވަޑައިގެންވިފިނަމަ މުޢައްވިޛަތައިނި (فلق، ناس) ދެ ސޫރަތް ވިދާޅުވެ، އެތަކުލީފު ޖެހިވަޑައިގެންނެވި ތަނުގައި މަތުރުއްވައެވެ. އަދި އެކަލޭގެފާނަށް ލަބީދު ބުނު އަޢުޞަމް ކިޔުނު ޔަހޫދީއަކު ސިޙުރު ހެދުމުން ޖިބްރީލްގެފާނު ވަޑައިގެން މުޢައްވިޛަތައިނި ވިދާޅުވެ މެތުރުއްވި ކަމަށްވެސް ސާބިތުވެއެވެ. މިހެން ކަމުން މެތުރުން ހުއްދަވެގެން ވެއެވެ.
މުޢައްވިޛަތައިނި އާއި ސުއްނަތުން ވާރިދުވެގެންވާ ދުޢާ އަކުން މެތުރުން އައުލާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައެބައިމީހުންގެ ސިފަތައް ބަޔާންކުރެއްވި އިރު ނަފީ ކުރެއްވީ އިސްތިރްޤާއެވެ. (މެތުރުމަށް އެދުމެވެ.) އެއީ ފުރިހަމަ ތަވައްކުލް ސާބިތު ކުރެއްވުމަށްޓަކައެވެ. ޢައްލާމާ އިބްނުލްޤައްޔިމް ރަޙިމަހުﷲ މަތުރާ މީހާއާއި މެތުރުމަށް އެދޭ މީހާއާއި ދެމެދު ފަރަޤު ބަޔާން ކުރައްވަމުން ވިދާޅުވެފައިވެއެވެ. އަލްމުސްތަރުޤީ (މެތުރުމަށް އެދޭމީހާ) އަކީ އެހެން ފަރާތަކުން ކަމަކަށް އެދި ނިޔަތާއި އެކު اﷲ ނޫން ފަރާތަކަށް (ފަރުވާއަށް އެދުމުގައި) ކުރިމަތި ލައިގެން ވާމީހާއެވެ. އައްރާޤީ (މަތުރާމީހާ) އަކީ ރަގަޅު މީހެކެވެ. އިކްތިވާ ކުރުންވެސް ހުއްދަވެގެންވެއެވެ.
މިކަމާ ބެހޭގޮތުން ހަތަރު ވައްތަރުގެ ރިވާޔަތް ވާރިދުވެގެން އައިސްފައިވެއެވެ. އެއީ ކީރިތި ރަސޫލާ އަސްޢަދު ބުނި ޒަރާރާއަށް އިކްތިވާ ކޮށްދެއްވިއެވެ. އަނެއް ރިވާޔަތެއްގައި ވަނީ ކީރިތި ރަސޫލާ އެކަމަށް ރުހިވަޑައި ނުގަންނަވާކަން ބަޔާން ކުރައްވާފައެވެ. އަނެއް ރިވާޔަތެއްގައި ވަނީ އެކަން ކުރުން ދޫކޮށްލި މީހާގެ މައްޗަށް ތަޢުރީފު ކުރައްވާފައެވެ. އަނެއް ރިވާޔަތުގައި ވަނީ އެކަން މަނާ ކުރައްވާފައެވެ. ޢައްލާމާ އިބްނުލްޤައްޔިމް رحمه الله ވިދާޅުވެފައިވަނީ ކީރިތި ރަސޫލާ އެކަން ކުރެއްވުން ދަލީލު ކުރަނީ ހުއްދަކަމެއް ކަމުގެ މައްޗަށެވެ. އަދި ރުހިވަޑައި ނުގެންނެވުން މަނާ ކަމެއްކަމުގެ މައްޗަށް ދަލީލެއް ނުކުރެއެވެ.
އަދި އެކަން ކުރުން ދޫކޮށްލި މީހާގެ މައްޗަށް ތަޢުރީފު ކުރުން ދަލީލު ކުރަނީ އެކަން ކުރުން ދޫކޮށްލުން އައުލާވެފައި، މަތިވެރިވެގެންވާ ކަމުގެ މައްޗަށެވެ. އަދި އެކަން މަނާ ކުރެއްވުން ދަލީލު ކުރަނީ މަކްރޫހަކަމެއްގެ މައްޗަށެވެ. ކީރިތި ރަސޫލާ އެބައި މީހުންގެ ކިބައިން އިކްތިވާ ނަފީ ކުރެއްވީ اﷲ އަށް ކުރެވޭ ތަވައްކަލް ފުރިހަމަ ގޮތުގައި ސާބިތު ކުރެއްވުމަށްޓަކައެވެ. އިކްތިވާ ކުރާ ގޮތަކީ ވިހަވެފައިވާ ތަނެއްގައި ނުވަތަ އެފަދަ އެނޫންވެސް ތަނެއްގައި ފަރުވާއެއްގެ ގޮތުން ދޮންކޮށްފައި އެއްޗެއް ޖެއްސުމެވެ.
ދެން ފަހެ، ދޫނި އުދުއްސައިގެން ފާލުބެލުން ދަންނައެވެ. މިއީ އެއްގޮތަކަށްވެސް ހުއްދަ ވެގެންވާ ކަމެއް ނޫނެވެ. އަދި މިއީ ޝިރުކުގެ ތެރެއިން ވާކަމެކެވެ. اهـ.
ދެން ފަހެ، ދޫނި އުދުއްސައިގެން ފާލުބެލުން ދަންނައެވެ. މިއީ އެއްގޮތަކަށްވެސް ހުއްދަ ވެގެންވާ ކަމެއް ނޫނެވެ. އަދި މިއީ ޝިރުކުގެ ތެރެއިން ވާކަމެކެވެ. اهـ.
0 comments:
Post a Comment