މިދުނިޔޭގައި އިލާހީ ރިސާލަތު ފޯރުކޮށްދެވެން ފެށުނީއްސުރެ އަބަދުވެސް ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ތެދުވެރިގޮތުގައި އީމާންވެ އެއިލާހުގެ މަގުގައި ފައިތިލަ ސާބިތުކޮށްފައިވާ މީސްކޮޅަކީ ދާދި މަދުބައެކެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން އެހީއާއި މަދަދު ލިބިވަޑައިގެންނެވި އެއިލާހު މުޢުޖިޒާތްތަކުގެ ޛަރީޢާއިން ބާރުދެއްވެވި ރަސޫލުންނާއި ނަބިއްޔުންވެސް އެބޭކަލުންގެ މުޅި ޙަޔާތްޕުޅު ﷲ ސުބްޙާނަހޫ ވަތަޢާލާގެ ދީނަށް ގޮވާލެއްވުމުގައި ހޭދަކުރެއްވުމާއެކުވެސް އެބޭކަލުންގެ އެދަޢުވަތަށް އިޖާބަދީ ﷲގެ ދީނަށް ފުރިހަމައަށް ތަބަޢަވަނީ ވަރަށްވެސް މަދު ބައެކެވެ.
މި އުންމަތަށް ޤީޔާމަތާ ޖެހެންދެން ފޮނުއްވުނު މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމައާ މުޚާޠަބުކުރައްވާ ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. وَمَا أَكْثَرُ النَّاسِ وَلَوْ حَرَصْتَ بِمُؤْمِنِينَ – يوسف 103 މާނައީ: ކަލޭގެފާނު ކިތަންމެ ފަރުވާތެރިވެވަޑައިގެންނެވި ކަމަކު މީސްތަކުންގެ ތެރެއިން ގިނަ މީހުން އީމާންވީމީހުންގެ ތެރެއިން ނުވެއެވެ.
ހިތާމަކުރަންޖެހޭ އަނެއްސަބަބަކީ ތިމަންމެންނަކީ ﷲ އާއި އެއިލާހުގެ ރަސޫލާއަށް އީމާންވެގެން ތިބޭ ބަޔަކީމޭ ބުނެ، އީމާންވެގެންވާ މަދު މީސްކޮޅުގެ ތެރޭގައިވެސް އީމާންކަން ނަފީކުރާ ޝިކުރުކުރުން އޭގެ ކޮންމެވެސް ސިފައެއްގައި އަށަގެންފައިވާކަމެވެ. އެމީހުން އީމާންވަނީ ﷲ އަށް ޝިރުކުކުރާ ޙާލުގައެވެ. އެއްކައުވަން އިލާހު ވަޙީކުރެއްވިއެވެ. وَمَا يُؤْمِنُ أَكْثَرُهُمْ بِاللَّهِ إِلا وَهُمْ مُشْرِكُونَ -يوسف 106 މާނަ: އެމީހުންގެ ތެރެއިން ގިނަމީހުން ޝިރުކުކުރާޙާލު މެނުވީ ﷲ އަށް އީމާންވާކަމުގައި ނުވެއެވެ.
ޝިރުކަކީ ހަމައެކަނި ބުދަށް އަޅުކަންކުރުމެއް ނޫނެވެ. އިންސާނުން ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ވުރެ ބޮޑަށް އެއިލާހުގެ މަޚްލޫޤަކު ދެކެ ލޯބިވެ، އިތުބާރުކޮށް، ބިރުވެތިވާނަމަ އެކުރެވެނީ ޝިރުކެވެ.
ޝިކުރުކުރާ މީހުންނަށް ދެއްވާފައިވާ ނުރައްކާތެރި އިންޛާރުތައް ﷲ އަށް އީމާންވެގެންވާ ޙާލުގައި ޝިރުކުކުރާ މީހުންނަށްވެސް ރައްދުވެއެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ. أَفَأَمِنُوا أَنْ تَأْتِيَهُمْ غَاشِيَةٌ مِنْ عَذَابِ اللَّهِ أَوْ تَأْتِيَهُمُ السَّاعَةُ بَغْتَةً وَهُمْ لا يَشْعُرُونَ – يوسف 107 މާނަ “ފަހެ، ﷲގެ ޢަޛާބުގެ ތެރެއިން ކޯފާއެއް އެއުރެންގެ މައްޗަށް އަތުވެދާނެކަމުގެ ބިރެއް، ނުވަތަ އެއުރެން ނުދެނެތިއްބައި، ކުއްލިއަކަށް ޤިޔާމަތުގެ ވަގުތު އެއުރެންނަށް އަތުވެދާނޭކަމުގެ ބިރެއްނެތި، އެއުރެން އަމާންކަން ލިބިގެން ތިބީހެއްޔެވެ؟”
ޝިރުކަކީ މިދުނިޔެމަތީގައި ކުރެވޭނެ އެންމެ ބޮޑު ފާފައެވެ. ތިމަންމެން މިތިބީ ﷲ އަށް އީމާންވެގެންނޭ ދުލުން ބުނިކަމަކު ޝިރުކުން ބަރީއަވެވުނީއެއް ނޫނެވެ. އަދި ކިޔެއްތަ ޝަހާދަތް ކިޔާ ޙާލު ޝިރުކުކުރިކަމުގައވިޔަސް މުޝްރިކެއްގެ އެންމެހާ ޙުކުމްތައް އޭނާގެ މައްޗަށް ހިނގާނެއެވެ.
އަޅުކަންކުރަމުން ޝިރުކުކުރުމަކީ އެއަޅުކަން ބާޠިލުވެގެންދާ ކަމެކެވެ. އޭގެ ސަބަބުން އެއްވެސް ޘަވާބެއް ކިތަންމެވަރަށް އަޅުކަންކުރިކަމުގައިވިޔަސް ޝިރުކުގެ ވިއުގައިން އިންސާނާ ބޭރުނުވާހާ ހިނދަކު އޭނާއަކަށް ނުލިބޭނެއެވެ.
ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރެއްވިއެވެ. لَئِنْ أَشْرَكْتَ لَيَحْبَطَنَّ عَمَلُكَ -الزمر:65މާނަ: ހަމަކަށަވަރުން ކަލޭގެފާނުވެސް ޝިރުކުކޮށްފިނަމަ ކަލޭގެފާނުގެ ޢަމަލުތައްވެސް ބާޠިލުވެގެންދާ ހުއްޓެވެ.
އަޅުކަން ޝިރުކާ މަސްހުނިކުރުމާ ބެހޭގޮތުން ޝައިޚުލް އިސްލާމް މުޙައްމަދު ބިން ޢަބްދުލްވައްހާބު އެކަލޭގެފާނުގެ “ޤަވާޢިދުލް ޢަރްބަޢު” ގައި ވިދާޅުވެފައިވެއެވެ. “ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ ތިބާ ހެއްދެވީ އެއިލާހަށް އަޅުކަންކުރުމަށްޓަކައި ކަން ތިބާއަށް އެނގުމުން، ދަންނާށެވެ! ހަމަކަށަވަރުންވެސް ތައުޙީދާއެކު މެނުވީ އަޅުކަމަކަށް އަޅުކަމެކޭ ނުކިޔޭނެއެވެ. (ތައުޙީދާ ނުލައި އަޅުކަން އެއީ އަޅުކަންކަމުގައި ނުބެލެވޭނެއެވެ) އެއީ ހަމަކަށަވަރުން ޠަހާރަތާ ނުލައި ނަމާދު (ޤަބޫލުކުރެވިގެންވާ) ނަމާދެއްކަމުގައި ނުބެލެވޭ ބީދައިންނެވެ. އަޅުކަމުގެ ތެރެއަށް ޝިރުކު ވަދެއްޖެނަމަ އެއަޅުކަމެއް ފަސާދަވެއްޖެއެވެ.

އެއީ ޠަހާރަތުގެ ތެރެއަށް ޙަދަޘްވެރިކަން ވަނުމުން އެޠަހާރަތު ފާސިދުވާ ބީދައިންނެވެ. ޝިރުކު އަޅުކަމުގެ ތެރެއަށް ވަދެ މަސްހުނިވުމުން އެއަޅުކަން ފަސާދަވާކަމާއި، ޢަމަލުތައް ބާޠިލުވާކަމާއި އެ ޢަމަލުތައް ކުރާމީހާ ދާއިމީ ނަރަކަވަންތަވެރީންގެ ތެރެއިން ވާ ކަން ތިބާއަށް އެނގިއްޖެނަމަ ތިބާއަށް އެންމެ މުހިއްމުވަނީ އެޝިރުކު މަޢުރިފާކޮށް ދެނެގަތުންކަން ތިބާއަށް އެނގޭނެއެވެ. އެއީ ﷲ ތަޢާލާ މި ދާގަނޑުން ތިބާ ސަލާމަތްކުރެއްވުމަށްޓަކައެވެ.”
ޝިރުކުކުރެވޭ ގޮތްތަކުގެ ތެރެއިން އަޅުކަމުގައި ޝިރުކުރުމަކީ ތައުޙީދުލް އުލޫހިއްޔާގައި ޝިރުކުކުރުމެވެ. ތައުޙީދުއް ރުބޫބިއްޔާ އަދި އަސްމާއު ވައްޞިފާތުގައިވެސް ޝިރުކުކުރެވެއެވެ.
އަޅުކަމުގެ ހުރިހާ ވައްތަރެއް އަދި ހުރިހާ މިންވަރެއް ޙައްޤުވެގެންވަނީ ﷲ ސުބްޙާނަހޫ ވަތަޢާލާ އަށެވެ. އެއީ އަހަރެމެން ހައްދަވައި އަހަރެމެން ބަލަހައްޓަވާފަރާތަކީ ﷲ ކަމުގައިވާތީއެވެ. އަޅުކަމުގެ އެއްވެސް ކަމެއް އެއްވެސް މިންވަރެއް ﷲ ނޫން ކޮންމެފަރާތަކަށް އަނބުރައިލިކަމުގައިވިޔަސް އެއީ ޝިރުކުކުރުމެވެ. ވަޙީބަސްފުޅުގައިވެއެވެ. وَلا يُشْرِكْ بِعِبَادَةِ رَبِّهِ أَحَدًا- الكهف 110މާނަ: އަދި އެމީހާގެ ރައްބަށް އަޅުކަންކުރުމުގައި، އެއްވެސްފަރާތެއް ބައިވެރި ނުކުރާހުށިކަމެވެ!
ﷲ ސުބްޙާނަހޫ ވަތަޢާލާގެ ފަރާތުން އަމާންކަން ލިބިގެންވާ މީހުންނަކީ އަދި އެއިލާހުގެ ތެދުމަގުގެމަތީގައި ތިބޭ މީހުންނަކީ އެމީހުންގެ އަޅުކަމާ ޝިރުކު މަސްހުނިނުކުރާ މީހުންނެވެ.
ވަޙީކުރެއްވިއެވެ. الَّذِينَ آمَنُوا وَلَمْ يَلْبِسُوا إِيمَانَهُمْ بِظُلْمٍ أُولَئِكَ لَهُمُ الأمْنُ وَهُمْ مُهْتَدُونَ- الانعام 82 މާނައީ: އީމާންވެ އަދި އީމާންކަން ޝިރުކާ އެއްނުކުރާ މީޙުންނާއި މެދު ދަންނާށެވެ. އަމާންކަމާއި ތެދުމަގުގައި ތިބޭނެ މީހުންނަކި ހަމަ އެއީއެވެ. މިއެވެ. އެބައިމީހުންނީ އީމާންވެ، އެބައިމީހުންގެ އީމާންކަމާ އަނިޔާވެރިކަން (އެބަހީ ޝިރުކު) މަސްހުނިނުކުރާ މީހުންނެވެ. އަމާންކަންހުރީ، އެމީހުންނަށެވެ. އަދި އެބައިމީހުންނީ ތެދުމަގު ލިބިގެންވާ މީހުންނެވެ.

0 comments:
Post a Comment