ކާފިރުންގެ ކަންވާރުގެ އަޞްލަކީ ހުއްދަވެގެންދުމެވެ. އޭގެ ނަޖިސްކަން އެނގިއްޖެއުމަށްދާންދެނެވެ. އޭރުން އެ ދޮވުމަށްފަހުގައި ނޫނީ ބޭނުންކުރުން ހުއްދައެއް ނުވާނެއެވެ. އެއީ އަބޫ ޘަޢުލަބަތުލް ޚުޝަނީ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެފައިވާ މި ޙަދީޘުގެ ސަބަބުންނެވެ.
قاَلَ: قُلْتُ يَا رَسْولَ اللهِ إِنَّا بِأَرْضِ قَوْمٍ أَهْلِ كِتَابٍ، أَفَنَأْكُلُ فِي آِنيَتِهِمْ؟ قَالَ: «لَا تَأْكُلُوا فِيْهَا إِلَّا أَنْ لَا تَجِدُوا غَيْرَهَا فَاغْسِلُوهَا، ثُمَّ كُلُوا فِيْهَا». -رواه البخاري برقم 5478 ومسلم برقم 1930-
އަބޫ ޘަޢުލަބަތުލް ޚުޝަނީ ވިދާޅުވިއެވެ. ތިމަން ދެންނެވީމެވެ. އޭ ﷲ ގެ ރަސޫލާއެވެ! އަހަރެމެން ދިރިއުޅެމުން މިދަނީ ފޮތުގެ އަހުލުވެރިން ދިރިއުޅޭ ރަށެއްގައެވެ. އެމީހުންގެ ކަންވާރުގައި އަހަރެމެން ކާންވީހެއްޔެވެ؟ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “އެނޫން އެއްޗެއް ނެތިގެންނޫނީ އޭގައި ނުކާށެވެ. އަދި އެދޮވެގެން ދެން އޭގެ ފަހުގައި އޭގައި ކާށެވެ.”
ކާފިރުންގެ ކަންވާރުގެ ތެރެއިން ނަޖިސްކަން އެކުލެވިފައިނުވާ ތަކެތި، އެބަހީ އެ ބޭނުންކުރާ މީހުންނަކީ ނަޖިސްތަކެތި ޢާއްމުކޮށް ބޭނުންކޮށް ނޫޅޭ މީހުން ކަމުގައިވާނަމަ އެތަކެތި ބޭނުންކުރުން ހުއްދައެވެ. އެހެނީ މުޝްރިކު އަންހެނެއްގެ ކަންވާރަކުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާއި އެކަލޭގެފާނުގެ އަޞްޙާބުން ވުޟޫކުރައްވަން ފެން ނެންގެވިކަމަށް ޘާބިތުވެފައިވެއެވެ.

(رواه البخاري في كتاب التيمم باب الصعيد الطيب رقم 244 ومسلم كتاب المساجد باب قضاء الصلاة الفائتة برقم 682)
އަދި ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ ވަނީ ފޮތުގެ އަހުލުވެރިންގެ ކާނާ އަހަރެމެންގެ މައްޗަށް ހުއްދަކުރައްވާފައެވެ. އެ ކާތަކެތި އެމީހުން އެމީހުންގެ ކަންވާރުގައި އަހަރެމެންނަށް ފޯރުކޮށްދީފާނެއެވެ. ޔަހޫދީ ފިރިހެން ކުއްޖަކު ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ބާރްލީގެ ރޮއްޓާއި އަދި (ވަސްބަދަލުވެފައިވާ) ތެލާއި ސަރުބީ ފަރިއްކުޅުއްވުމަށް ދަޢުވަތު ދެއްވުމުން، އެކަލޭގެފާނު އޭގެން ފަރިއްކުޅުއްވިއެވެ.” (رواه أحمد 3/210-211 وصححه الألباني في الإرواء)
0 comments:
Post a Comment