
މާތް ﷲ ރުއްސުންލެއްވި ޘައުބާންގެ ކިބައިން ރިވާވެގެން ވެއެވެ. ސަލާމާއި ޞަލަވާތްލެއްވި ކީރިތި ރަސޫލާ ޙަދީޘްކުރެއްވިއެވެ." ތިމަންކަލޭގެފާނުންގެ އުންމަތުން ބައެއް ޤަބީލާތައް ޝިރުކާއި ބައްދަލުކޮށް، ބުދަށް އަޅުކަން ކޮށްފުމަށް ދާންދެން ޤިޔާމަތް ޤާއިމު ނުވާނެތެވެ.
އަދި ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުންމަތުގައި ތިރީސް ( ބައެއް ރިވާޔަތްތަކުގައި ތިރީހާ ގާތްކުރާ ޢަދަދަކަށް) ދޮގުވެރިން ދައްޖާލުން ފާޅުފާނެތެވެ. އެއިން ކޮންމެ މީހަކުވެސް އެއީ ނަބިއްޔެއްކަމަށް ދެކޭނެތެވެ.
ތިމަންކަލޭގެފާނީ ނަބީކަން ޚަތުމުކުރެއްވި ސާހިބާއެވެ. ތިމަންކަލޭގެފާނަށްފަހު އައު ނަބިއްޔަކު ނުވެއެވެ."
0 comments:
Post a Comment