މިފަނާވަނިވި ދުނިޔޭގައި އުޅެންލިބިފައިވާ މުއްދަތަކީ މިސާލަކަށް ފަސްދޮޅަސް އަހަރު ކަމުގައި ބަލަމާ ހިނގާށެވެ.
އޭގެތެރެއިން ތިރީސްއަހަރު ހޭދަކުރެވެނީ ނިދުމުގައެވެ. ޙަޔާތުގެ ފުރަތަމަ ފަނަރަ ވަރަކަށް އަހަރު އެއީ އޭނަގެ ޅަފަތުގެ ދުވަސްވަރެވެ. ބާކީއޮތް ފަނަރަ އަހަރުގެ ތެރެއިން ގިނަދުވަސްތައް ހޭދަކުރެވިފައިވަނީ ކެއުންބުއިމާއި މުދާހޯދައި އެއްކުރުމާއި ދުނިޔެވީ އެކިއެކިޝަހުވަތްތަކުގައެވެ.
ދެން އާޚިރަތަށްޓަކައި ކޮށްފައިވާ ޢަމަލުތަކަށް ނަޒަރުހިންގައިލާއިރު ވަރަށް ގިނަ ކަންތައްތަކަކީ ދެއްކުންތެރިކަމާއި ޣާފިލުކަންމަތީގައި ކުރެވިފައިވާ ކަންކަމެވެ. އުޚްރަވީޙަޔާތް ކާމިޔާބުކުރުމަށް އޮތީ މިމަދު ދުވަސްކޮޅެވެ.
0 comments:
Post a Comment