ﷲ ސުބުހާނަހޫ ވަތަޢާލާ އަށް އުރެދުމެއްވާކަމަކަށް ފިރިމީހާ އަމުރުނުކުރާހާ ހިނދަކު ފިރިމީހާއަށް ކިޔަމަންގަތުން އަނބިމީހާގެ މައްޗަށް ވާޖިބުވެގެންވެއެވެ. އެމީހަކަށްޓަކާ އަދާކުރަންޖެހޭ ޙައްޤުގެ ގޮތުން ބަލާއިރު މީސްތަކުންގެ ތެރެއިން އަނބިމީހާ އެންމެބޮޑަށް ޤަދަރުކުރަންޖެހޭނެ މީހަކީ އޭނާގެ ފިރިމީހާއެވެ.
ޙަދީޘްފުޅުތަކުންވެސް ސާބިތުވެގެންވާ ގޮތުގައި އަނބިމީހާގެ ސުވަރުގެއަކީ އަދި ނަރަކައަކީވެސް އޭނާގެ ފިރިމީހާއެވެ. އެބަހީ ފިރިމީހާއަށް ކިޔަމަންތެރިވެ އޭނާގެ އަމުރުތަކަށް ބޯލަނބާ ހެޔޮގޮތުގައި ﷲ އެންގެވިގޮތަށް ފިރިމީހާއާއެކު މުޢާމަލާތުކުރަމުންދަނީ ކަމުގައިވާނަމަ އެކަމުގެ ސަބަބުން އެއަންހެނާއަކީ ސުވަރުގެ ވަންނާނެ މީހެކެވެ. އެއާ ޚިލާފަށް ފިރިމީހާގެ އަމުރުތަކަށް ނުކިޔަމަންތެރިވެ ﷲ ގެ އެންމެވުންތަކާ ޚިލާފަށް ތިމާގެ ފިރިމީހާއާމެދު ޢަމަލުކުރަމުން ގެންދާނަމަ އެކަންތައް އެއީ އެއަންހެނާ ނަރަކައަށް ދާންޖެހޭ ސަބަބެއް ކަމުގައި ވެދާނެއެވެ.
އަންހެނަކު ކާވެނިކުރާ ވަޤުތުން ފެށިގެން އޭނާގެ ފިރިމީހާގެ ބެލުމުގެ ދަށަށް އާދެއެވެ. އޭނާގެ ހުރިހާކަމެއް ބަލަހައްޓަނީ އޭނާގެ ފިރިމީހާއެވެ. ފިރިމީހާ މަރުވުމުން ފިރިމީހާގެ މުދަލުންވެސް އޭނާއަށް ވާރުތަވެއެވެ. ޢާއިލީ ހުރިހާ ކަމެއްގައި އެންމެ އިސްމީހަކީ ފިރިމީހާއެވެ. އަނބިމީހާއާއި ދަރިން ތިބެންޖެހެނީ އޭނާގެ އަމުރުގެ ދަށުގައެވެ. ކީރިތި ޤުރްއާނުގައި މާތް ﷲ ވަޙީކުރެއްވިއެވެ. "الرِّجَالُ قَوَّامُونَ عَلَى النِّسَاءِ " [سورة النساء34] މާނައީ: "ފިރިހެނުންނަކީ، އަންހެނުންގެ މައްޗަށް ރައްކާތެރިވެ ބެލެހެއްޓުމުގައި قائم ވެގެންތިބޭ ބަޔެކެވެ." ފިރިމީހާއަށް ﷲ ދެއްވާފައި މިވާ ޢާއިލީބާރުތައް އޭނާގެ ކިބައިން ނިގުޅައިގަތުމުގެ އެއްވެސް ބާރެއް އަނބިމީހާއަކަށް ލިބިގެން ނުވެއެވެ.
އަނބިމީހާ އަބަދުވެސް ފިރިމީހާއަށް ކިޔަމަންތެރިކަން އަދާކުރުމުގައި ދެމިހުންނަންޖެހެއެވެ. މިކަމާބެހޭގޮތުން އައިސްފައި ހުރި ނަބަވީ ބަސްފުޅުތައް ގިނަގުނައެވެ. އަނބިމީހާ އޭނާގެ ފިރިމީހާއަށް ކިޔަމަންތެރިވާންޖެހޭ މިންވަރު ކީރިތި ރަސޫލާ صلّى الله عليه وسلّمގެ އަންނަނިވި ޙަދީޘްފުޅުންވެސް އަޅުގަނޑުމެންނަށް އެނގެއެވެ. އެކަލޭގެފާނު ހަދީޘްކުރެއްވި ބަސްފުޅެއްގެ މާނާގައި ވެއެވެ. "އެއްވެސް އިންސާނަކު އަނެއް އިންސާނަކަށް ސަޖިދަ ޖެހުމަށް، ތިމަންކަލޭގެފާނު އަމުރުކުރައްވާނޭނަމަ އަނބިމީހާއަށް އޭނާގެ ފިރިމީހާއަށް ސަޖިދަޖެހުމަށް އަމުރު ކުރެއްވީމުހެވެ." މީގެ އިތުރުން އަނބިމީހާގެ ގާތުގައި ފިރިމީހާ ރަށުގައި ހުރެއްޖެ ޙާލަތުގައި ސުންނަތްރޯދައެއް ހިފާނަމަ އެކަމަށްވެސް ފިރިމީހާގެ އިޛުނަ ލިބެންޖެހޭކަމުގައި މާތްނަބިއްޔާގެ ބަސްފުޅެއްގައި އައިސްފައިވެއެވެ. މިހުރިހާކަމަކުން، ފިރިމީހާގެ ކަރާމަތާއި ދަރަޖަޔާ އޭނާގެ ހައިޘިއްޔަތު އެނގެއެވެ. އަދި އަނބިމީހާ ފިރިމީހާއަށް ކިޔަމަންތެރިކަން އަދާކުރަންޖެހޭ މިންވަރު ވަރަށް ސާފުކޮށް އެނގެއެވެ.
އަނބިމީހާގެ ދުނިޔެއާ އާޚިރަތް ކާމިޔާބުވުންވަނީ ފިރިމީހާއަށް ކިޔަމަންތެރިކަން އަދާކުރުމުންނެވެ. ކީރިތި ރަސޫލާ صلّى الله عليه وسلّم ޙަދީޘްކުރެއްވިއެވެ. "إذا صلت المرأة خمسها وصامت شهرها وحفظت فرجها وأطاعت زوجها قيل لها ادخلي الجنة من أي أبواب الجنة شئت" (رواه أحمد وابن حبان) މިޙަދީޘްފުޅުގެ މާނައީ: "އަންހެނާ އޭނާ އަދާކުރަންޖެހޭ ފަސްނަމާދު އަދާކޮށް، އަދި އޭނާގެ ޖިންސީ ގުނަވަން ރައްކާތެރިކޮށް، އޭނާގެ ފިރިމީހާއަށް ކިޔަމަންތެރިކަން އަދާކޮށްފިނަމަ ސުވަރުގޭގެ ދޮރުކޮޅުތަކުގެ ތެރެއިން އޭނާ ބޭނުން ކޮންމެ ދޮރުކޮޅަކުން ސުވަރުގެ ވަންނަހުއްޓެވެ." އަދިވެސް ރަސޫލާ صلّى الله عليه وسلّم ގެ ޙަދީޘްފުޅެއްގައި އައިސްފައިވެއެވެ. "أيما امرأة ماتت وزوجها عنها راض دخلت الجنة." (رواه الترمذي وحسنه، وابن ماجة) މާނައީ: "އެއްވެސް އަންހެނަކު މަރުވާއިރު އޭނަޔާމެދު އޭނާގެ ފިރިމީހާ ރުހިގެންވާނަމަ، އެއަންހެނަކު ސުވަރުގެވަންނަހުއްޓެވެ."
އަންހެނަކު އޭނާގެ ވެރިރަސްކަލާނގެއަށް އަދާކުރަންޖެހޭ ޙައްޤު އަދާކުރިކަމުގައި ވަނީވެސް ފިރިމީހާއަށް ކިޔަމަންތެރިކަން އަދާކުރުމުންނެވެ. މިއަދު ހުރިހާ މުޖުތަމަޢުތަކަކަށް ބަލާއިރުވެސް ޢާއިލީ ގިނަމައްސަލަތައްޖެހި ޢާއިލާތައް ރޫޅިގެންދިމާވާ އެންމެބޮޑު އެއް ސަބަބެއް ކަމުގައި، އަނބިން ފިރިންނަށް ކިޔަމަންތެރިކަން އަދާނުކުރުން ހިމެނިގެންވެއެވެ. އަންހެނަކު އޭނާގެ ފިރިމީހާއަށް ނުކިޔަމަންތެރިވާހިނދު އިބިލީހުގެ ލަޝްކަރު އުފާކުރެއެވެ. ޝައިޠާނުން އާދަމުގެދަރިންގެ މެދުގައި ފިތުނައުފެއްދުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރޭގައި، ދެމަފިރިންގެ މެދުގައި މައްސަލަތައް ޖެއްސުން ހިމެނެއެވެ.

ކުދިކުދި މައްސަލަތަކުގައި ފިރިމީހާދެކެވެ ރުޅިއައުމަށް އަނބިމީހާއަށް އޭނާ އަމުރު ކުރެއެވެ. ނަތީޖާއަކަށްވަނީ ބައެއްއަންހެނުން އާދައިގެ ކުދިކުދި ކަންތައްތައްވެސް މާބޮޑެތި މުހިއްމުމައްސަލަތައް ކަމުގައި ހަދައިގެން، ފިރިންގެ އަމުރަށް ނުކިޔަމަންތެރިވުމެވެ. ފިރިމީހާގެ އިޙްސާންތެރިކަން ހަނދާން ނައްތާލައި، ވަރިވާންއެދުމެވެ. ފިރިމީހާގެ ކުރިމަތީގައި އަދަބުވެރި ނުވުމާއި ޢާއިލާގައި އޭނާޔަށް ލިބިގެންވާ މަޤާމާ ހައިޘިއްޔަތު ހަނދާންނައްތާލުމެވެ. ފިރިމީހާގެ އެއްވެސް އަމުރަކަށް އިޖާބަ ނުދިނުމެވެ.
0 comments:
Post a Comment