Sunday, January 19, 2014

ޝުކުރުގެ ސަޖިދަ

ސުވާލު: އަހުރެންގެ މުޅި ޙަޔާތުގައިވެސް”ޝުކުރު ނަމާދުގެ” ދެ ރަކުޢަތް،  ކުރުމަށް ނަދުރު ބުނީމެވެ. އަދި އެ ފަދަ ނަމާދެއް ނޯންނަކަންވެސް އަހުރެން ދަންނަމުއެވެ. ވީމާ، އަހުރެން މި ނަދުރުގައި ކަންތައް ކުރާނީ ކިހިނަކުންހެއްޔެވެ؟



ޖަވާބު:
ﷲ އަށް ޙަމްދުކުރަން.
އާދެ، ޢިލްމުވެރިންގެ ބަސްފުޅުތަކަށް ބަލާއިރު، ޞައްޙަ ބަހަކީ “ޝުކުރުގެ ނަމާދު” ކިޔާ ނަމާދެއް ނޯންނަކަމެވެ.
الشيخ ابن باز رحمه الله ވިދާޅުވެފައިވެއެވެ.” ޝުކުރުގެ ނަމާދާއި ބެހޭގޮތުން އެއްވެސް އެއްޗެއް(ދަލީލެއް) އައިސްފައިވާކަމެއް އަހުރެން ނުދަންނަމެވެ. އަދި (އެމަގުން) ވާރިދުވެފައިވަނީ ހަމައެކަނި “ޝުކުރުގެ ސަޖިދައެވެ” اه “مجموع الفتاوى” (11 /424)
އަދި الشيخ ابن عثيمين رحمه الله ވިދާޅުވެފައިވެއެވެ.” ސުންނަތުގައި “ޝުކުރުގެ ނަމާދު” ކިޔާ ނަމާދެއް އައިސްފައިވާކަމެއް އަހުރެން ނުދަންނަމުއެވެ. އެހެންނަމަވެސް(އެކަމުގައި) “ޝުކުރުގެ ސަޖިދަ ” ކިޔޭ ސަޖިދައެއް އައިސްފައިވެއެވެ. انتهى من” فتاوى نور على الدرب” (6 / 17) .
އަދި “حاشية القليوبي” ( މި ފޮތުގައި) އައިސްފައިވެއެވެ.” ނަމާދަކަށް ފަހުވިޔަސް، އަދި ރުކޫޢަކަށްފަހުވިޔަސް، އަދި އެފަދަ އެހެން ގޮތަކަށް ވިޔަސް، ޛިކުރު ކުރެވިފައިވާ (ޝުކުރުގެ ސަޖިދަ ކުރުމަށް ޘާބިތުވެފައިވާ ގޮތް ފިޔަވައި) އިތުރު ގޮތަކަށް، ސަޖިދަ އެއްކޮށްގެން ﷲ އަށް ކުއްތަންވުން ހުއްދައެއް ނޫނެވެ. އަދި (ހަމައެހެންމެ) ޝުކުރު ކުރުމުގެ ނިޔަތުގައި ކުރާ ނަމާދެއް ނުވަތަ (ޤުރުއާން) ތިލާވަތު ކުރުމުގެ ނިޔަތުގައި ކުރާ ނަމާދުވެސް (ހަމަ އެފަދައެވެ.) انتهى من”حاشية قليوبي وعميرة” (1/239) .
ޝުކުރުގެ ނަމާދު ގެ ޙުކުމާއި ބެހޭގޮތުން އިތުރަށް އޮޅުންފިލުވަން ބޭނުންނަމަ،(131657) މި ނަމްބަރ ސުވާލު ބައްލަވާށެވެ.
(islam.qa ގެ މި ނަމްބަރ ފަތުވާ ބައްލަވާށެވެ. އިނގިރޭސީ ބަހުން މި ފުތަވާތައް ތަރުޖަމާކުރެވިފައިވާ ވާހަކަ މަޢުލޫމާތަށްޓަކައި ދަންނަވަމެވެ.)
( މަތީގައި) ޛިކުރު ކުރެވުނު (ދަލީލުތަކަށް) ބިނާކޮށް (ބަލާއިރު) “ޝުކުރުގެ ނަމާދު” އެއީ ޝަރުޢުކުރެވިފައިވާ ނަމާދެއް ނޫންކަން އެނގެއެވެ. އަދި މި ނަދުރަކީ ޝަރުޢުގައި އައިސްފައިނުވާ ނަދުރެއްކަންވެސް އެނގެއެވެ. ފިޤްހު ޢިލްމުވެރިން ވިދާޅުވެފައިވާ ގޮތުގައި ޝަރުޢުގައި އައިސްފައި ނުވާ ނަދުރެއް،  މީހަކު ބުނި ކަމުގައިވިޔަސް ، އެ ނަދުރު ފުއްދުން އޭނަގެ މައްޗަށް ލާޒިމެއް ނޫނެވެ.އަދި އޭނަގެ ކިބައިން އެކަން ކެނޑިގެން ދެއެވެ.(އެބެހީ: ނުފުއްދުމުން ފާފަވެރި ނުވާނެއެވެ.)
“المغني” ( 1-/ 88 )( މި ފޮތުގައި)،”ހަތަރެސްފައި މަތީގައި ތަވާފުކުރުމަށް ނިޔަތްގަނެފި މީހާ” ( މި ބައިގައި) ابن قدامة ވިދާޅުވެގައިވެއެވެ. ” ޤިޔާސަށް ބަލާއިރު،(އެބަހީ: ޝަރުޢުގައި އައިސްފައިވާ އެހެނިހެން ކަންތައްތަކަށް އަޅާކިޔައި ބަލާއިރު)އެފަދަ ނަދުރެއް ބުނާ މީހާއަށް ލާޒިމުވެގެންވަނީ އޭނަގެ ދެފައިގެ މަތީގައި އެއް ޠަވާފު ކުރުމެވެ. (7 ބުރު ޖެހުމެވެ). އަދި އޭނަގެ އަތް މަތީގައި( އެބަހީ ހަތަރެސްފައިގެ މަތީގައި) ޠަވާފުކުރުން ލާޒިމެއް(ވާޖިބެއް) ނޫނެވެ. އެހެނީ އެއީ ޝަރުޢުގައި އައިސްފައިވާ ކަމަކަށް ނުވާތީއެވެ.އަދި އޭނަގެ ކަބިއިން އެނަދުރު ކެނޑިގެން ދެއެވެ. ( އެބަހީ: އެފަދަ ނަދުރެއް ނު ފުއްދުމުން ފާފަވެރި ނުވާނެއެވެ). انتهى
شيخ الإسلام ابن تيمية رحمه الله ( 25 / 278) ވިދާޅުވެފައިވެއެވެ.” ހަމައެހެންމެ، މުޅި ރޭ، ރޭ އަޅުކަމުގައި ހުރުމަށް އަދި ހުރިހާ ދުވަހެއްގައި ރޯދަ ހިފުމަށް ބުނެ ކުރާ ނަދުރު ފަދަ މަކުރޫހު އަޅުކަމަކަށް(އެބަހީ: އަޅުކަން އަދާކުރުމަށް އައިސްފައިވާ މިންވަރާއި ޚިލާފަށް ކުރާ އަޅުކަމަކަށް) ނަދުރު ބުނެފި ނަމަ، އެ ނަދުރު ފުއްދުން ވާޖިބެއް ނޫނެވެ.” انتهى ..
އަދި މިފަދަ ގޮތަކަށް البخاري  އެކަލޭގެފާނުގެ ފޮތުގައި( 1642) ابن عباس رضي الله عنهما ރިވާކުރައްވާފައިވެއެވެ.” عن ابن عباس رضي الله عنهما أن النبي صلى الله عليه وسلم رأى رجلا قائما في الشمس فقال : (ما هذا ؟ فقالوا : هذا أبو إسرائيل ، نذر أن يقوم ، ولا يستظل ، ولا يتكلم ، وأن يصوم . فقال : مروه فليتكلم وليستظل وليقعد وليتم صومه) .
މާނައަކީ: ابن عباس رضي الله عنهما އަރިހުން ރިވާވެފައިވެއެވެ.” އަވީގައި ކޮޅަށް ހުރި މީހަކު، ނަބިއްޔާ صلى الله عليه وسلم ދެކެވަޑައިގެން ޙަދީޘްކުރެއްވިއެވެ.” މިޢި ކާކު ހެއްޔެވެ؟. އެބައިމީހުން ބުންޏެވެ.” މިއީ އަބޫ އިސްރާއީލެވެ. ކޮޅަށް ހުރުމަށާއި، ހިޔަލަކަށް ނުވަނުމަށާއި،ވާހަކަ ނުދެއްކުމަށާއި ރޯދަ ހިފުމަށް ނަދުރު ގަނެގެން(ހުރީއެވެ).އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.” ވާހަކަދެއްކުމަށާއި، ހިޔަލަށް ވަނުމަށާއި، އިށީނުމަށް އޭނައަށް، ތިޔަބައިމީހުން އަމުރުކުރާށެވެ. އަދި ރޯދަ ފުރިހަމަކުރުމަށް( ބުނާށެވެ)”
ފަހެ، ހަނުހުރުމަށާއި،ކޮޅަށް ހުރެ ހިޔަލަކަށް ނުވަދެ ހުރުން ފަދަ ޝަރުޢުގައި އައިސްފައި ނުވާ އަޅުކަމަކަށް ނަދުރު ބުނުމުން، ނަބިއްޔާ صلى الله عليه وسلم އަމުރުކުރެއްވީ(އެއާއެކު) އައިސްފައިވާ ޝަރުޢުގައި ޘާބިތު އަޅުކަން އަދާކުރުމަށް ބުނި ނަދުރު ފުއްދުމަށެވެ. އެއީ  ރޯދަ ފުރިހަމަކުރުމަށެވެ. އަދި ޝަރުޢުން ޘާބިތު ނޫން(ކަންތައްތަކަށް) ބުނި ނަދުރު ފުއްދުން (މަތީ ދެމިހުރުން) ނަހީ ކުރެއްވިއެވެ.
އެއަށްފަހު، (ޢިލްމުވެރިންގެ މެދުގައި، މި ނަދުރު ނުފުއްދުމުން) ކައްފާރާ ވާޖިބުވުމާ މެދު ޚިލާފު އުފެދިފައިވެއެވެ. ފާޅުކަން ބޮޑުގޮތަކީ ހުވަޔާއި ޚިލާފުވުމުން ދޭ ކައްފާރާ ދިނުމެވެ.
شيخ الإسلام (ކުރިން ބަޔާން ކުރެވުނު ތަނުގައި) ވިދާޅުވެފައިވެއެވެ.: ” އެއަށް ފަހު، ޢިލްމުވެރިންގެ މެދުގައި ހުވާގެ ކައްފާރާ އޭނަގެ މައްޗަށް އަންނާނެތޯ ދެ ބަހަކަށް ޚިލާފުވެފައިވެއެވެ. ފާޅުކަން ބޮޑީ: ހުވާގެ ކައްފާރާ އެ ފަދަ މީހެއްގެ މައްޗަށް އަންނާނެ ކަމަށް ބުނާ ރައުޔެވެ. (އެހެނީ) ޞައްޙަމަގުން، އެކަލޭގެފާނުގެ ފަރާތުން ޘާބިތުވެފައިވާ ގޮތުގައި(كفارة النذر كفارة يمين)” ” ނަދުރުގެ ކައްފާރާއަކީ ހުވާގެވެސް ކައްފާރާއެވެ.” انتهى. رواه مسلم (1645) .

ތަރުޖަމާކުރީ: އައްޝައިޚް ނިމާލު މުޙައްމަދު އިބްނު ރަޝީދު

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons