މުސްލިމެއްގެ ޙަޔާތުގެހުރިހާ ވަގުތުތަކަކީވެސް ޖިއްދީ ވަގުތަކެކެވެ. ބޭކާރުވެގެންދާ އެއްވެސްވަގުތެއް ނުވަތަ ހިނދުކޮޅެއްވެސް އޭނާގެޙަޔާތުގައި އޮވެގެންނުވާނެއެވެ. އަބަދުވެސް ފައިދާހުރި ކަންތައްތަކެއްގައި ހޭދަކުރާ ވަގުތުތަކެއްކަމުގައި ވާންޖެހެއެވެ. ދިރިއުޅުމުގެ ޙަޔާތާއިމެދު ރަނގަޅުގޮތުގައިދެކި ނުބައިވިސްނުންތަކުން ނުވަތަ މާޔޫސްވުންތަކުން އެއްކިބާވާންޖެހެއެވެ.
ފައިދާހުރި މަސައްކަތްތަކަށް ލޯބިކުރާ އަދި އިޙްތިރާމުކުރާ މީހެއްކަމުގައި ވާންޖެހެއެވެ. އަދި މާތް ﷲއަށް އަޅުކަންކުރުމުގައި ވަގުތުހޭދަކުރަންޖެހެއެވެ. އެކަލާނގެއަށް ތަސްބީޙަކިޔައި ޝުކުރު އަދާކުރުމުގައެވެ.
ދުނިޔެވީ ޢަމަލެއްގެތެރޭގައި، އާމްދަނީއެއްހޯދުމުގެ މަސައްކަތެއްކުރުމުގައި އުޅުނުކަމުގައިވިޔަސް ނުވަތަ އަނބިދަރީންނާއި ތިމާގެބެލެހެއްޓުމުގެ ދަށުގައިވާފަރާތަތަކުގެ ބޭނުންތައްފުއްދައިދިނުމަށް މަސައްކަތްކުރާ ހިނދުގައިވެސް އޭނާގެ ޢަމަލުތަކަށް ދަރުމަޔާއި ޘަވާބުލިބޭނެތެއެވެ. އަދި އެއީ މާތް ﷲގެ މަގުގައި ކުރެވޭ ޖިހާދެއްކަމުގައިވެސް ވެގެންހިނގައިދެއެވެ.
ނަމަވެސް އަދުގެޒުވާނުންގެތެރެއިން ގިނަބަޔަކު އެމީހުންގެވަގުތުތައް އެއްވެސްފައިދާއެއްނެތި ބޭކާރުކޮށްލާކަމީ ހިތާމަހުރިކަމެކެވެ. ކޮފީޝޮޕްތަކުގައެވެ. ނުވަތަ ޓީވީގޭމްތަކާއި ފިލްމު ބެލުމުގައެވެ. ނޫނީ އިންޓަރނެޓްގެ އެކިއެކި އިޖްތިމާޢީ ވެބްސައިޓުތަކުގައެވެ. އެމީހުންގެ ވަތުތައް ގިނަވެ ހޭދަކުރާނޭގޮތެއް ނޭނގިގެން ބޭކާރުވެފައިވާޒުވާނުން މުޖްތަމަޢުގެ ތެރޭގައިވަނީ ގިނަވެފައެވެ.
މިފަދަ ޒުވާނުން އިޞްލާޙުގެމަގަށް އެޅުވުމަށްޓަކައި މިޒަމާނީ ފިކުރުތަކުގެތެރެއިން އެމީހުންނަށް ދަސްކޮށްދެނީ ޙަރާމްވެގެންވާ ބޮޑެތި ފާޙިޝްކަންކަމުގެ މައްޗަށް އަރައިގަތުމަށެވެ. މުނިފޫހިފިލުވުމުގެ ނަމުގައްޔާއި ޒުވާނުންގެޙަރަކާތްތަކުގެ ތެރެއިން މުޅިންވެސް ކުރިޔަށްގެންދަނީ ދެޖިންސުމަސްހުނިކުރުވައި، ޖިންސީއެދުންތަކާއި ވަގުތު ބޭނުމެއްނެތްގޮތުގައި ނަގައިލުމުގެ ޕުރޮގުރާމުތަކެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ، ދުނިޔޭގެ ފިތުނަވެރިކަމާއި، ހަވާނަފްސުގެ ގޮވުންތަކާއި ޝަހުވާނީ އެދުންތަކުން އެއްކިބާވުމަށާއި، ޝައިޠާނާގެ އަނދަވަޅުތަކުން ސަލާމަތްވެގެން ތިބުމަށް އަމުރުކުރައްވާފައެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. "زُيِّنَ لِلنَّاسِ حُبُّ الشَّهَوَاتِ مِنَ النِّسَاء وَالْبَنِينَ وَالْقَنَاطِيرِ الْمُقَنطَرَةِ مِنَ الذَّهَبِ وَالْفِضَّةِ وَالْخَيْلِ الْمُسَوَّمَةِ وَالأَنْعَامِ وَالْحَرْثِ ذَلِكَ مَتَاعُ الْحَيَاةِ الدُّنْيَا وَاللّهُ عِندَهُ حُسْنُ الْمَآبِ" (آل عمران : 14 ) މާނައީ: "އަންހެނުންނާއި، ދަރިންނާއި، ރަނާއި، ރިހީގެ ތެރެއިން އެއްކުރެވިފައިވާ ގިނަބައިވަރުތަކާއި، މޮޅު އަސްތަކާއި، ގެރިބަކަރި ޖަމަލާއި، ދަނޑުބިމާއި، މިތަކެއްޗަށް އެދުމުގެ ލޯބި، މީސްތަކުންނަށްޓަކައި ޒީނަތްތެރި ކުރެއްވިއެވެ. އެއީ، ދުނިޔޭގެ ދިރިއުޅުމުގައި އުފާލިބިދޭ ތަކެއްޗެވެ. އެކަމަކު އެނބުރިދާން އެންމެ ރިވެތިވެގެންވާތަން ވަނީ މާތް ﷲ ގެ ޙަޟުރަތުގައެވެ."
އާދަމުގެދަރިންގެ ކިބައިގައި ހަވާނަފްސުގެ އެދުންތަކާއި، ދުނިޔޭގެ ޒީނަތްތެރިކަމަށް ލޯބިކުރުން ލައްވާފައިވާކަމުގެ މައްޗަށް މިއާޔަތުން ދަލީލުކުރެއެވެ. އެއީ الشَّهَوَاتِ ކަމުގައި މާތް ﷲ އެވަނީ މިއާޔަތުގައި ޞިފަކުރައްވާފައެވެ. އެ ޝަހުވަތްތަކަށް ލޯބިކުރުމުގެ ޣަރީޒާ އިންސާނީ ޠަބީޢަތުގައި ލައްވާފައިވުމީވެސް އޭނާއާ ކުރިމަތިވާ އިމްތިޙާނުތަކުގެ ތެރެއިން ހިމެނޭކަމެކެވެ. ހަމައެޔާއެކުގައި އޭނާގެ ވަށައިގެންވާ މާޙަލުގައި ހިތްލަންބުވަފަނިވި އެކިއެކި ކަންކަން އޭނާއަށް ޒީނަތްތެރިކުރައްވާފައިވުމަކީވެސް އިމްތީޙާނުގެ ބައެކެވެ.
މިފަދަ ފިތުނަތަކުން އިންސާނާ އިމްތިޙާނު ކުރެއްވުމާއެކުގައިމެ، އެފިތުނަތަކުން ސަލާމަތްވެ ރައްކާތެރިވުމަށް ކީރިތި ޤުރްއާނުގައި މާތް ﷲ ވަނީ އަންގަވާފައެވެ. އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. "اعْلَمُوا أَنَّمَا الْحَيَاةُ الدُّنْيَا لَعِبٌ وَلَهْوٌ وَزِينَةٌ وَتَفَاخُرٌ بَيْنَكُمْ وَتَكَاثُرٌ فِي الْأَمْوَالِ وَالْأَوْلَادِ كَمَثَلِ غَيْثٍ أَعْجَبَ الْكُفَّارَ نَبَاتُهُ ثُمَّ يَهِيجُ فَتَرَاهُ مُصْفَرّاً ثُمَّ يَكُونُ حُطَاماً وَفِي الْآخِرَةِ عَذَابٌ شَدِيدٌ وَمَغْفِرَةٌ مِّنَ اللَّهِ وَرِضْوَانٌ وَمَا الْحَيَاةُ الدُّنْيَا إِلَّا مَتَاعُ الْغُرُورِ" (الحديد : 20) މާނައީ: "ތިޔަބައިމީހުން ދަންނާށެވެ! ދުނިޔޭގެ ދިރިއުޅުމަކީ ކުޅިވަރެކެވެ. އަދި މަޖަލެކެވެ. އަދި ޒީނަތްތެރިކަމެކެވެ. އަދި ތިޔަބައިމީހުން އެކަކު އަނެކަކުގެ މައްޗަށް ބޮޑާވެގަތުމެކެވެ. އަދި މުދާތަކާއި، ދަރިންތަކާއިމެދު، އެކަކު އަނެކަކަށްވުރެ ގިނަކަމުގައިބުނެ މޮޅުވާހަކަ ދެއްކުމެކެވެ. އެއީ ވާރޭފެނެއްގެ މިސާލުގައެވެ. އެފެނުން ފެންލިބިގެންފެޅި ގަސްތަކެއް، ދަނޑުވެރިން ޢަޖާއިބުކޮށްފައިވެއެވެ. ދެން، އެގަސްތައް ހިކިދެއެވެ. ދެން އެގަހުގެ ފަތްތައްރީނދޫވެފައިވަނިކޮށް ތިބާއަށްފެންނާނެތެވެ. ދެން އެ ހިކި ހުއިތަކަކަށް ވެދެއެވެ. އަދި އާޚިރަތުގައިވަނީ، ގަދަފަދަވެގެންވާ ޢަޛާބެކެވެ. އަދި ﷲ ގެ ޙަޟުރަތުން ލިބޭ ފާފަފުއްސެވުމަކާއި، ރުއްސެވުމެކެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއް ކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެއެވެ."
ހަމައެފަދައިން، ވަގުތުތައް ބޭކާރުގޮތުގައި ނަގައިލުމާއި، ކުޅިވަރުގައި ވަގުތު ހޭދަކުރުމަކީ މާތް ﷲ ހަނދާންކުރުމާއި ނަމާދު ކުރުމުން އެއްކިބާކުރުވާކަމެއްކަން ބަޔާންކޮށްދެއްވައި އެކަމުން އެއްކިބާވުމަށްވެސްވަނީ އަންގަވާފައެވެ. "يَا أَيُّهَا الَّذِينَ آمَنُوا لَا تُلْهِكُمْ أَمْوَالُكُمْ وَلَا أَوْلَادُكُمْ عَن ذِكْرِ اللَّهِ وَمَن يَفْعَلْ ذَلِكَ فَأُوْلَئِكَ هُمُ الْخَاسِرُونَ" (المنافقون : 9 ) މާނައީ: "އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ މުދާތަކާއި، ތިޔަބައިމީހުންގެ ދަރިންތައް ﷲ ހަނދުމަކުރުމުން ތިޔަބައިމީހުން ޣާފިލުކޮށް ދުރުކުރިޔަ ނުދޭހުށިކަމެވެ. އަދި އެކަނތައްކުރާ މީހާ (ދަންނާށެވެ!) ފަހެ، ގެއްލެނިވެގެންވާ މީހުންނީ، ހަމައެއުރެންނެވެ."
އަޅުގަނޑުމެންގެތެރެއަށް ކުޅިވަރާއި މަޖަލުގެނަމުގައި މާތް ﷲ ޙަރާމްކުރައްވާފައިވާ އެތައްކަމެއް މުޅިންއަލަށް މިދަނީ ތަޢާރަފު ކުރެވެމުންނެވެ. އޭގެ ތެރޭގައި ޖުވާކުޅުމުގެ އެކިބާވަތްތައް ހިމެނެއެވެ. މިޒަމާނުގެ ލޮޓަރީގެ އެކިވައްތަރުތައް އެބަހުއްޓެވެ. ހަމައެޔާއެކުގައި ނައިޓްކުލަބްތަކާއި ރާވިއްކާ ޚާނާތައް ނުވަތަ ބާރ ތަކަށް މިދިވެހި ފަސްގަނޑުގައި ފުރުޞަތު ނުދެވިގެން ކަންބޮޑުވާ ބަޔަކުވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަތިއްބެވެ.
އިންސާނާ ޚަލްޤުކުރެއްވުނީ ބޭކާރު ގޮތުގައެއްނޫނެވެ. އަދި ބޭކާރުވެގެން، ފޫހިވެގެން، ކުރާނޭކަމެއްނޭގިގެން، މަޖަލާއި، ކުޅިވަރާއި، މުނިފޫހިފިލުވުމުގައި މުޅިޢުމުރު ނަގާލުމަކަށްވެސްނޫނެވެ. މިކަންމާއިމެދު ރައްކާތެރިވެގެންނޫނީ ތިމާމެން ދުނިޔެއަށްފޮނުއްވުނު އަސާސީ މަޤްޞަދު ޙާޞިލުނުވާނޭކަން ކަށަވެރެވެ.
އައްޝައިޚް ޙަސަން މޫސާ ފިކުރީ

0 comments:
Post a Comment