އިސްލާމް ދީނުގެ ފުރިހަމަ ނަންތައް ދަރިންނަށް ކިޔުމަށާއި، އަޅުގަނޑުމެންގެ ދަރިންނަށް ކިޔާ ނަމުގެ ސަބަބުން ޤައުމަށް ލިބޭނީ ކިހާވަރެއްގެ ދެރަ ނިކަމެތިކަމެއްކަން އަޅުގަނޑުމެން ނުވިސްނާ ކަމަށް ޝައިޚް ނަޞްރުﷲ މުސްތޮފާ ވިދާޅުވެއްޖެއެވެ.
ޓީވީއެމްގެ "އިސްލާމީ ދިރިއުޅުން" ޕްރޮޤްރާމްގައި ވާހަކަ ފުޅުދައްކަވަމުން ޝައިޚް ނަޞްރުﷲ ވިދާޅުވީ އެއް އަކުރަކުން ފެށޭގޮތަށް ނަންތައް ދަރިންނަށް ނުކިޔުމަށާއި، ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދަރިކަލުންނަށް ކިޔުއްވާފައިވަނީ ތަފާތު ރީތި ނަންތަކެއް ކަމަށާއި ފުރަތަމަ ދަރިފުޅު ލިބުމުން އެދަރިފުޅަށް ދިން ނަމުގައި ޕަވިޔަންޏެއް ފުރަތަމަ އަކުރަކަށް އޮތީތީވެ ދެވަނަ ދަރިފުޅުގެ ނަން އެގޮތަށް ގުޅިގެންދާގޮތަށް ނެހެއްދެވުމަށެވެ. އަދި ދަރިންނަށް ނަންކިޔުއްވުމުގައި ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމަ ގެންގުޅުއްވި ރިވެތި އުސޫލްތައް ދެނެގަތުމަށް ޝައިޚް ގޮވާލެއްވިއެވެ.
ދަރިފުޅަށް ކިޔުން ޢައުލާކަން ބޮޑު ނަންތަކަކީ ކޮބައިތޯ އަދި ކިޔުން ޢައުލާކަން ބޮޑު ނޫން ނަންތަކަކީ ކޮބައިތޯ ކުރެވުނު ސުވާލުގެ ޖަވާބުގައި ޝައިޚް ނަޞްރުﷲ ވިދާޅުވީ ރަސޫލާ ޞައްލަﷲ ޢަލައިޙި ވަސައްލަމަގެ ހަދީޘް ފުޅުތަކުން އެގޭ ގޮތުގައި މާތްﷲ އެންމެ ބޮޑަށް ރުއްސަވާ ނަންފުޅުތަކުގެ ތެރޭގައި "އަބްދުﷲ" އަދި "އަބްދުރަޙްމާން" މިދެނަން ހިމެނި ވަޑައިގަންނަވާ ކަމަށެވެ. އަދި އެންމެ ތެދުވެރި ނަންތަކެއްގެ ގޮތުގައި "ޙުމާމް" ހަދީޘްފުޅުގައި ބަޔާންވެގެން އަންނަ ކަމުގަ އެވެ. ކުދިންނަށް ނަންކިޔުމުގައި ބަލަން ޖެހޭ ގޮތްތަށް ބަޔާންކޮށްފައިވާ ފޮތްތަކެއް ވާކަމަށާއި އެފަދަ ފޮތްތަކަށް ބެލުމަށް ޝައިޚް ގޮވާލެއްވި އެވެ.
"އަޅުގަނޑުމެންގެ މިހާރުގެ މުޖްތަމަޢުއަށް ބަލާއިރުގައި ވަރަށް ވަރުގަދައަށް އެބައޮތް އަޅުގަނޑުމެންގެ ހިތުތެރޭގައި ނިކަމެތި ވުމުގެ ރޫޙެއް! އެ [ނިކަމެތިކަން] ވުމުގެ ސަބަބުން އަޅުގަނޑުމެން މިކޮޕީކުރަނީ، ޙަރާމް ނަމެއްތޯ ނުވަތަ ނޫންތޯ ބެލުމެއް ނެތް. އެކޮޕީ ކުރުމުގެ ސަބަބުން މިކިޔަނީ ކާފަރު ނަންތައް.
އެއީ އިސްލާމް ދީނުގައި ކިޔުން ޙަރާމް ނަންތަކެއް. ހަމައެގޮތަށް ކަނަޑައެޅިގެން ޝައިޠާނުންގެ ނަންތައް ކިޔުމަކީ ޙަރާމްވެގެންވާ ކަމެއް. އެފަދަ ނަމެއް ކިޔައިގެން ނުވާނެ. މަކްރޫޙަ ނަންތަކުގެ ތެރޭގައި ޢިލްމުވެރިން ހިމަނުއްވާފައިވޭ މަލާއިކަތުންގެ ނަންތައް ކިޔުން. އަދި ހަަމަ އެގޮތަށް ސޫރަތް ފެށޭއިރުގައި ހުންނަ މާނަދޭހަނުވާ އަކުރުތަކެއް މިސާލަކަށް "ޔާސީން" . އެފަދައިން ނަން ނުކިޔުމަށް ޢިލްމުވެރިން ވިދާޅުވެފައިވޭ." ދަރިންނަށް ރަނގަޅު ނަމެއް ދިނުމަށް އިސްލާމް ދީން ބާރު އަޅާ މިންވަރު މަޥްޟޫގައި ވާހަކަ ފުޅު ދައްކަވަމުން ޝައިޚް ނަޞްރުﷲ ވިދާޅުވިއެވެ.
ދަރިފުޅަށް ރީތި ނަމެއް ކިޔާފައި އެދަރިފުޅު ބޭރު ޤައުމަކަށް ކިޔަވަން ދިއުމުން ނަމުގެ މާނަ އެނގުމުން ދަރިފުޅަށް ލިބޭނީ ބޮޑު ހިތާމައެއްކަމަށް ޝައިޚް ވިދާޅުވިއެވެ. ބައެއް ބޭފުޅުން ޖަނަވާރުގެ ނަންތައްވެސް ރިތި ކަމުން ކިޔާކަމަށާއި އެދަރިފުޅު ބޭރު ޤައުމަކަށް ދިއުމުން އެބަހުގެ ހަޤީގީ މާނަ އެނގޭ އިރު ވަޤުތު އޮންނަނީ ފާއިތުވެފައި ކަމަށް ޝައިޚް ވިދާޅުވިއެވެ.
ޤައުމު ދެކެ ލޯބިވާކަމަށްވަންޏާ އެކަން ކުރެވޭނީ ދިވެހި ލޮބުވެތި ދަރިންގެ ނަންތައް ރަނގަޅުކުރެވިގެން ކަމަށާއި އަދި ނަމުގެ މާނަ ރީތިކުރެވިގެން ކަމަށް ޝައިޚް ނަޞްރުﷲ ވިދާޅުވިއެވެ. އަދި އަޅުގަނޑުމެން އެންމެން ފުރިހަމަ ޢަރަބި ނަންނައް ކިޔައިގެން އަޅުގަނޑުމެންނަކީ ލާމަސީލު ދަޢުލަތަކަށް ވީފަދައިން ދާއިމަށް ލާމަސީލު ތަނެއްކަމުގައި ބޭއްވުމަށް މަސައްކަތް ކުރުމަށް ޝައިޚް ގޮވާލެއްވިއެވެ.

0 comments:
Post a Comment