ﷲ ޢައްޒަވަޖައްލަ، އެއްވެސް އެއްޗެއް ބޭކާރުގޮތުގައި ނުއުފައްދަވައެވެ. އެކަލާނގެ އުފައްދަވާފައިވާ ކޮންމެ އެއްޗެއް އުފެއްދެވުމުގައިވެސް ފަހަތުގައި ވަރަށް މަތިވެރި ޙިކުމަތްތަކެއްވާނެކަން ޔަޤީނެވެ.
ﷲ ޢައްޒަވަޖައްލަ، މުއުމިނުންގެ ނަމުން ނަންދެވިފައިވާ ސޫރަތުގައި ވަޙީކުރެއްވިއެވެ. “أَفَحَسِبْتُمْ أَنَّمَا خَلَقْنَاكُمْ عَبَثًا وَأَنَّكُمْ إِلَيْنَا لَا تُرْجَعُونَ” المؤمنون: ١١٥ މާނައީ: ” އަޅެފަހެ، ތިމަންރަސްކަލާނގެ ތިޔަބައިމީހުން ހައްދަވާފައިވަނީ، ބޭކާރުގޮތުގައި ހަމަކުޅިވަރަށްކަމަށާއި، އަދި ހަމަކަށަވަރުން، ތިޔަބައިމީހުން ތިމަންރަސްކަލާނގެ ޙަޟްރަތަށް ރުޖޫޢަ
ނުވާނޭކަމުގައި ތިޔަބައިމީހުން ހީކުރަނީ ހެއްޔެވެ؟