Friday, October 31, 2014
Wednesday, October 29, 2014
އަޅުންގެ އަޅުވެތިކަމުން ﷲ ގެ އަޅުވެތިކަމަށް އަޅުތަކުން ނެރުން
ހިޖުރައިން 15 ވަނަ އަހަރު ހިނގާދިޔަ ޤާދިސިއްޔާ ހަނގުރާމައިގައި ޢިރާޤަށް ވެރިވެގެން ތިބި ފާރިސީންގެ 80000 ހަނގުރާމަވެރިންނާ މުސްލިމުންގެ ލަޝްކަރު ކުރިމަތިލި ހިނދު ، ކާފިރުންގެ ލަޝްކަރުގެ ވެރިއެއްގެ ގޮތުގައި ހުރި ރުސްތުމް، ސުވާލުކޮށް އޮޅުން ފިލުވަން ބޭނުންވެފައިވާ ކަންކަން ސާފުކޮށްދެވޭވަރުގެ ވިސްނުންތޫނު ޤާބިލު ފަހުލަވާނަކު މުސްލިމުންގެ ލަޝްކަރުގެ ތެރެއިން ފޮނުވައިދެއްވުމަށް އެވަގުތު މުސްލިމުންގެ ލަޝްކަރުގެ ވެރިޔާ، ﷲ ރުއްސުންލެއްވި މާތް ޞަޙާބީ، ސަޢްދު ބްނި އަބީ ޥައްޤާޞްގެ އަރިހުން އެދުނެވެ. އެހިނދު އެކަލޭގެފާނުގެ އަރިހުގައި ހުންނެވި ރިބްޢިއްޔު ބްނި ޢާމިރު ކިޔާ ބޭފުޅަކު އެކަމާއިގެން ރުސްތުމްގެ ގާތަށް ފޮނުއްވުމަށް ނިންމެވިއެވެ.
Monday, October 27, 2014
Saturday, October 25, 2014
އަޅުގަނޑު ހައިރާންވަނީ ތިބޭފުޅުން ހައިރާންނުވާތީއެވެ.

ޖޯރޖް އަކީ އުމުރުން 50 އަހަރު ވެފައިވާ ދުޅަހެޔޮ ޞިއްޙަތެއްގެ ވެރިއެކެވެ. އޭނައަކީ ދެއަންހެންކުދިންނާއި ފިރިހެން ކުއްޖެއްގެ ބައްޕައެކެވެ. އޭނާގެ މި ކުޑަކުޑަ އާއިލާ ދިރިއުޅެމުން ގެންދަނީ އެމެރިކާގެ ވޮޝިންޓަނުގައެވެ.
Tuesday, October 21, 2014
ފުރުޞަތު ނަގާނުލަމާތޯއެވެ؟
އަޅުގަނޑުމެންގެ ދުނިޔަވީ ޙަޔާތަކީ އާޚިރަތަށް ތައްޔާރުވުމަށްޓަކައި މަސައްކަތް ކުރަން އޮތް ތަނެވެ. ދާއިމީ ގޮވެތި ބިނާކުރަން އޮތް މަސައްކަތުގެ މައިދާނެވެ. އަޅުގަނޑުމެންގެ މަސައްކަތް ކަމުގައި ވާންޖެހޭނީ ﷲ އަށް އީމާންވެ ﷲ ގެ މަދަދަށް އެދި ހެޔޮ ޢަމަލު ކުރުމެވެ. އެ ދާއިރާގެ ބޭރުން އަޅުގަނޑުމެން ކުރާ ކަންތައްތަކަކީ ބާޠިލްވެގެންވާ ކަންކަމެވެ. އަޅުގަނޑުމެން މިއަދު ޢަމަލުގެ މައިދާނުގައި އުޅޭއިރު ވަރަށް ވެސް ހުޝިޔާރުވާންޖެހެއެވެ.
Sunday, October 19, 2014
ތިބާއަށް ﷲގެ ހަޟްރަތުން ބިލެއް އައިހެއްޔެވެ؟

Friday, October 17, 2014
އާދަޔާ ޚިލާފުގޮތަކަށް ﷲ އެބައިމީހުން ކަނުކުރެއްވިއެވެ.
އިމާމް ޤުރުތުބީއަކީ ކޮންބޭކަލެއް؟

Wednesday, October 15, 2014
Monday, October 13, 2014
ވާހަކަ ދައްކާ ގުރާ
ޢިލްމުވެރިޔަކު އުޅުއްވިއެވެ. ކިޔަވައިދެއްވަނީ އިސްލާމީ ޢަޤީދާއެވެ. އޭނާގެ ދަރިވަރުންނަށް لا إله إلااللهގެ މާނަ ޝަރަޙަކުރައްވައި މިކަލިމައިގެ މަތީގައި ތަރުބިއްޔަތު ކުރައްވަމުން ގެންދެވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިތުރު އެކަލޭގެފާނުންގެ އަޞްޙާބުބޭކަލުންނަށް އެކަލިމައިގެ މާނަދަސްކޮށްދެއްވައި އެގޮތުގެ މަތީގައި ތަރުބިއްޔަތުކުރެއްވި ގޮތް ނަމޫނާއަކަށް ބައްލަވައިގެންނެވެ. ކޮންމެއަކަސް މިޢިލްމުވެރިޔާއަކީ ބުޅަލާއި އެކިވައްތަރުގެ ދޫނިގެންގުޅުމަށް ލޯބިކުރައްވާ ފަރާތެއް ކަމަށްވާތީ އޭނާގެ ދަރިވަރަކު ހަދިޔާއަކަށް ގުރައެއް ގެނެސްދިނެވެ.
Saturday, October 11, 2014
ޙަދީޘް ޢިލްމުވެރިޔެއްގެ ކެތްތެރިކަން

ޙަދީޘް ޢިލްމު އުގެނުމަށްޓަކައި އަބޫ ޙާތިމް މުޙައްމަދު ބިން އިދުރީސް އައްރާޒީ ޙިޖުރީ ސަނަތުން 214 ވަނަ އަހަރު ބަޞަރާއަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު ވަޑައިގެންނެވީ އެއް އަހަރު ދުވަހު ބަޞަރާގައި ޙަދީޘް ކިޔެވުމަށްޓަކައި އަޒުމް ކަނޑައަޅުއްވައިގެންނެވެ. ނަމަވެސް އެކަލޭގެފާނަށް ދިމާވި އިމްތިޙާނާއި އެކަލޭގެފާނު އެކަމަށް ކެތްތެރިވެ ވަޑައިގެންނެވި ގޮތް އެކަލޭގެފާނުގެ ދަރިކަލުން ކަމަށްވާ ޙަދީޘް ޢިލްމުގައި ފުންނާބު އުސްބޭފުޅެއް ކަމަށްވާ އިބުނު އަބީ ޙާތިމް ރަޙިމަހުﷲ ގެންނަވާ ފައިވާ ގޮތަށް ކިޔާލަމާހެއްޔެވެ.
Friday, October 10, 2014
Thursday, October 9, 2014
އަހަރެންނަށް ކިޔަވައިދޭށެވެ…!

Tuesday, October 7, 2014
ޝެއިޚު އަލްބާނީ ރަޙިމަހުﷲ ހަޔާތްޕުޅުން އިބުރަތްތެރި ވާހަކައެއް.
ޝެއިޚު ޢަލްބާނީ ރަޙިމަހުﷲ ގެ ދަރިވަރެއް ކަމަށްވާ ޝެއިޚު މަޝްހޫރު ޙަސަން
ޝެއިޚު އަލްބާނީ ރަޙިމަހުﷲގެ ފޮތެއްކަމަށްވާ ސިލްސިލަތުއް ޟަޢީފާގެ ފޮތްތަކުގެ
ތެރެއިން ފޮތެއް މުރާޖަޢާ ކުރުން ތިމަންނާއާއި ހަވާލުކުރިއެވެ. ދެން އެފަސްވަނަ ފޮތް
ތިމަންނާއާ ހަވާލުކުރިއެވެ. އަދި އެކަލޭގެފާނުގެ އަތްޕުޅުން ލިޔުއްވާފައިވާ އަތުލިޔުއްވުން
ފޮތް ޗާޕުކުރުމުގެ ކުރިން ނެގީމެވެ. އަދި ކޮތަޅުން ނަގައި އެފޮތަށް ބަލައިލުމުން
އަހަރެންނަށް ރޮވުނެވެ.
Sunday, October 5, 2014
ޢަޠާއު ރަޙިމަހުﷲއަށް ފެނިވަޑައިގެން އަޖައިބުކުރަނިވި ހުވަފެންފުޅު

Friday, October 3, 2014
އިމާމު މާލިކު ދެއްވި އިބުރަތްތެރި ޖަވާބު
މިއަންތަރީސް ވާހަކަ ފަހުމުވުމަށްޓަކައި އިމާމު މާލިކު ރަޙިމަހުﷲއަކީ ކޮންބޭފުޅެއްކަން އެނގުން މުހިންމެވެ. އެކަލޭގެފާނަކީ
އިމާމު ދާރިލް ޙިޖްރާގެ(ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙިޖުރަކުރެއްވި ރަށުގެ އިމާމު)ގެ ނަމުން
މަޝްހޫރުވެވަޑައިގެންފައިވާ ޙަދީޘް އިލްމާއި ފިޤުހު ޢިލްމުގައި އިމާމު ދަރަޖައިގެ ބޭކަލެކެވެ. އެކަލޭގެފާނުގެ ފުރިހަމަ
ނަންފުޅަކީ މާލިކު ބިން އަނަސް ބިން މާލިކު ބިން އަބޫ ޢާމިރެވެ. އެކަލޭގެފާނު އުފަންވެ ވަޑައިގަތީ ޙިޖުރީ ސަނަތުން 93
ވަނަ އަހަރު މަދީނާގައެވެ. އަދި ޢިލްމު ޙާޞިލުކުރެއްވީ މަދީނާއިންނެވެ. އެކަލޭގެފާނުގެ އުސްތާޛުންގެ ތެރޭގައި ތާބިޢީބޭކަލުން
ހިމެނިވަޑައިގަނެއެވެ. އެގޮތުން އިބުނު ޢުމަރު ރަޟިޔަﷲ ޢަންހުގެ އަރިހުގައި އުޅުއްވި އެކަލޭގެފާނު މިނިވަންކުރެއްވި ނާފިޢު
ރަޙިމަހުﷲ ފާހަގަކޮށްލެވެއެވެ.
Wednesday, October 1, 2014
އަވައްޓެރިންނަށް ހެޔޮ ޙަދީޘް ޢިލްމުވެރިޔާ

ސިޔަރަތުގައި އެކަލޭގެފާނު ބަޔާންކޮށްދެއްވުމަށްޓަކައި އިމާމު ޙާފިޡު ޛަހަބީ ރަޙިމަހުﷲ ވިދާޅުވަނީ "އެކަލޭގެފާނަކީ
މީސްތަކުންނަށް އަޅާލާ ޢިލްމުވެރިޔެއް ކަމުގައެވެ. އެކަލޭގެފާނުގެ އަރިހަށް ޙަދީޘް ކިޔަވަން އައިސް ތިބޭ ކުދިންގެ ތެރެއިން
ކުއްޖަކު ބަލިވެއްޖެނަމަ ބޭނުންވާ އެއްޗެހި ހޯދައިދެއްވައި އަދި ކައިރީގައި އަޅާލަން މީހުން ބައިތިއްބައެވެ." ނަމަވެސް
މިފަހަރު މިއޮތީ އެކަލޭގެފާނު އަވައްޓެރިނަށް އޯގާތެރިކޮށް ހިތިމިންވަރު ވަޒަންކޮށްލެވޭ އެހެންވާހަކައެވެ.