އިސްލާމްދީން ރިވެތި އަޚުލާޤަށް ތާއިދުކުރުމާއެކު މާތް އަޚްލާޤުގެ މަތީގައި މުސްލިމުން ތަރުބިއްޔަތު ކުރުމަށް ވަރަށްބޮޑު އަހަންމިޔަތުކަމެއްދެއެވެ. އަދި ތަރުބިއްޔަތުގެ ރޫޙާނީ އުސޫލުތައް ދޫކޮށްލާފައި ހަމައެކަނި މާއްދިއްޔަތަށް ލެނބުމާއި މާއްދިއްޔަތަށް ލެނބުމަށް ގޮވާލެވޭ ގޮވާލުންތައް ބާޠިލުކުރުމަށް ގަދައަޅާ މަސައްކަތްކުރެއެވެ