އިބްނުލް ޤައްޔިމު رَحِمَه الله ވިދާޅުވިއެވެ. "...އަދި ދުޢާއަކީ އެންމެ ފައިދާކުރަނިވި ބޭހުގެ ތެރެއިން ހިމެނޭކަމެކެވެ. އެއީ ބަލާގެ ދުޝްމަނެވެ. އެދުޢާ ބަލާއިން ދިފާޢުކޮށް ފަރުވާކޮށްދީ އަދި ބަލާޖެހުމުން މަނާކުރެއެވެ. އަދި އެބަލާ ފިލުވާލައިފައި ނޫނީ ބަލާޖެހިއްޖެ ކަމުގައިވާނަމަ އެލުއިކޮށްދެއެވެ.