
ބުޅަލަކީ ޠާހިރު އެއްޗެއް |
ކީރިތިރަސޫލާގެ
ވަރަށްގިނަ ޙަދީޘްފުޅުތައް ބުނާގޮތުގައި ބުޅަލަކީ ޠާހިރުއެއްޗެކެވެ.
އެކަލޭގެފާނު ސިފަކުރައްވާގޮތުގައި އެއީ ގޭގެއަށް ގިނަގިނައިންގޮސް
އުޅޭއެއްޗެކެވެ. އެހެންވެ އެކަލޭގެފާނު ބުޅަލަށް " ޠައްވާފު " ގެ ނަން
ދެއްވި އެވެ.
އޭތި ބޮއިފާ ހުންނަފެނުން، އެކަލޭގެފާނު ވުޟޫކުރައްވާފައިވެ އެވެ. ސުވާލަކީ
ބުޅަކީ ޠާހިރުއެއްޗެއްކަން އަދި އޭތި ނަޖިސްނުވާނެކަން ރަސޫލުﷲގެފާނަށް
އެނގިވަޑައިގަތީ ކިހިނަކުންބާވަ އެވެ؟ އެކަލޭގެފާނަކީ ޑަކްޓެރެއްހެއްޔެވެ؟
ނުވަތަ ލެބޯޓަރީގައި ތަޙްލީލުތައްކުރައްވާ އޭގެ ސާފުކަމާއި ގޮނޑުކަން
ދިރާސާކުރެއްވި ބޭކަލެއްހެއްޔެވެ؟ |